ads
ޝަންގްރިއްލާ ރިސޯޓް-- ފޮޓޯ: އަގޯޑާ
ރިސޯޓްތަކުން ޕޮޒިޓިވްވި މުވައްޒަފުންނާއި ފަތުރުވެރިންގެ އަދަދު މައްޗަށް
ރިސޯޓްތަކުން ފެންނަ ކޭސްތައް މަޑުމަޑުން އިތުރުވާން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާގޮތުގައި ރިސޯޓްތަކުން ޕޮޒިޓިވްވި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 27 އަރާފައެެވެ. އަދި ރިސޯޓްތަކުގައި މަސައްކަަތްކުރާ 34 މުވައްޒަފަކަށް ވެސް ކޮވިޑް ޖެހިފައިވާއިރު މިހާތަނަށް 22 ރިސޯޓަކުން ވަނީ ކޮވިޑް-19 ޖެހިފައިވާ މީހުން ފެނިފައެވެ.

އިއްޔެ އެޗްޕީއޭއިން އާއްމުކޮށަފައިވާ މައުލޫމާތައް ބަލާއިރު އޭރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ފަތުރުވެރިންގެ އަދަދު އުޅެނީ 23 ގައެވެ. އެހެންނަމަވެސް އެޗްޕީއޭގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާގޮތުގައި އިތުރު ފަސް ފަތުރުވެރިއަކު ވަނީ ޕޮޒިޓީވްވެ ކޮވިޑަށް ޕޮޒިޓިވްވި ފަތުރުވެރިންގެ އަދަދުވަނީ 27 އަށް އަރާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް ވަނީ 26،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައެވެ.   

މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ފިޔަވައި އެހެން ރަށްރަށުގެ ގެސްޓްހައުސްތައް މިމަހުގެ 15 ވަނަ ދުވަހު އަލުން ވަނީ ހުޅުވާލާފައިވާއިރު ރާއްޖޭގެ ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް ރިސޯޓު އަދި ސަފާރީގައި ވެސް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުދޭން ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.

އަދި މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ ހާހަކަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް