ads
ޔުނައިޓެޑުގެ ކަވާނީ
ޔުނައިޓެޑު - ޗެލްސީ މެޗު ލަނޑެއް ނުޖެހި އެއްވަރު
އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ޗެލްސީ ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ. މި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޔުނައިޓެޑުގެ ރަސްމީ ދަނޑު، އޯލްޑް ޓްރެފަޑުގައި ކުޅުނު މި މެޗުން ދެ ޓީމުން ކުރެ ޓީމެއް ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނުނެވެ. ވަކިން ޚާއްސަކޮށް ޔުނައިޓެޑު ފެނުނީ ވަރުގަދަކޮށެވެ. ޔުނައިޓެޑުން އުފެއްދި ގިނަ ޗާންސްތަކުގެ ހުރަހަކަށްވީ މޮޅު ކުޅުމެއް ދެއްކި ޗެލްސީގެ ގޯލް ކީޕަރު އެޑޮއާޑް މެންޑީއެވެ.

މި މެޗުގައި ޔުނައިޓެޑުގެ ފޯވާޑު އެންތަނީ މާޝިއަލްއަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވޭއިރު، ޔުނައިޓެޑާ އަލަށް ގުޅުނު ތަޖުރިބާކާރު ފޯވާޑު އެޑިސަން ކަވާނީވަނީ މި މެޗުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑުގެ ޖަރޒީގައި ކުޅެފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކަވާނީއަކި ޔުނައިޓެޑުގެ އާ ހަތް ނަންބަރު ޖަރޒީގެ ކުޅުންތެރިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް