ads
ސްކޫލަށް ވެއްދުމުގެ ކުރިން ދަރިވަރުންގެ ހުން ބަލަނީ--
ގްރޭޑް ހަތެއްގެ ދަރިވަރުންނަށް މާލޭގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށައިފި
ގާތްގަނޑަކަށް ހަތް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު މާލޭގައި ގްރޭޑް ހަތެއްގެ ދަރިވަރުންނަށް ސްކޫލުގައި ކިޔަވައިދޭން ފަށައިފި އެވެ.

ކޮވިޑްގެ ކޭސްތައް މަދުވުމާއެކު މާލޭގައި މިވަނީ ގްރޭޑް ހަތެއްގެ ދަރިވަރުންނަށް މިއަދު ކިޔަވައިދޭން ފަށާފަ އެވެ. މިއީ މިއަހަރު މިގޮތަށް ސްކޫލުތަކަށް ގެންގޮސްގެން މާލޭ ސަރަހައްދުގައި ކިޔަވައިދޭނެ އެންމެ ދަށް ގްރޭޑެވެ.

ގްރޭޑް ހަތެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށިއިރު މިދިޔަ ހަފުތާގެ ތެރޭގައި ވަނީ މާލޭ ސަރަހައްދުގައި ގްރޭޑް އަށެއްގެ ދަރިވަރުންނަށް ވެސް ކިޔަވައިދޭން ފަށާފަ އެވެ. 

ކޮވިޑާ ގުޅިގެން މާލޭގެ ސްކޫލުތައް ބަންދު ކުރީ މާޗް 12 ގައެވެ. އޭރުން ފެށިގެން ދަރިވަރުންނަށް ކިޔަވައިދެމުން ދިޔެއީ އޮންލައިންކޮށެވެ. އަދި މިއަހަރު އެއްކޮށް ގްރޭޑް ހަޔަކުން ދަށުގެ ދަރިވަރުންގެ ކިޔެވުންތައް ވެސް ކުރިއަށް ގެންދަން ނިންމާފައި ވަނީ އޮންލަންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. 

ސްކޫލުތައް ބަންދުކުރުމަށް ފަހު ޖުލައި 1 ގައި ގްރޭޑް ނުވައަކުން މަތީގެ ކުދިންނަށް ސްކޫލުތައް ހުޅުވާލި އެވެ. ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވާން ފެށުމުން އޮގަސްޓް 9 ވަނަ ދުވަހު ސްކޫލުތައް ބަންދު ކުރި އެވެ. 

ސްކޫލުތަކަށް ގެންގޮސްގެން ދަރިވަރުންނަށް ކިޔަވައިދެމުން އަންނައިރު ކޮވިޑް-19 ގެ ކޭސްތައް ވެސް މިވަނީ ވަރަށް ބޮޑަށް ދަށްކުރެވިފަ އެވެ. އެގޮތުން މިފަހުން ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް މިވަނީ 30-60 އާ ދެމެދަށް ދަށްކުރެވިފަ އެވެ. 

ސްކޫލުތަކުގައި ކިޔަވައިދެމުން އަންނައިރު އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެޗްޕީއޭ އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ދަނީ މަސައްކަތްތެކެއް ވެސް ކުރަމުންނެވެ. އެގޮތުން ދަރިވަރުން ސްކޫލަށް ވައްދަނީ ހުން ހުރިތޯ ބެލުމަށް ފަހުގަ އެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް