ads
މޯލްޑިވިއަން އިން އިންޑިއާއަށް ދަތުރުކުރާ ސީޕްލޭންގެ ފަޅުވެރިން ފޮޓޯއަކަށް ހުއްޓިލައިގެން--- ފޮޓޯ: އެޗްސީއައިއެމް
މޯލްޑިވިއަންގެ އެހީގައި އިންޑިއާ އިން ސީޕްލޭންގެ ހިދުމަތް ފަށަނީ
މޯލްޑިވިއަންގެ އެހީގައި އިންޑިއާ އިން ސީޕްލޭންގެ ހިދުމަތް އެގައުމުގައި ފަށަން ތައްޔާރުވެއްޖެ އެވެ.

އެގޮތުން އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ގައެވެ. އިންޑިއާގެ އެއާލައިން ކުންފުންޏެއް ކަމަށްވާ ސްޕައިސް ޖެޓް އެއާލައިންސް އިން ސީޕްލޭންގެ ހިދުމަތްތައްދޭ އިރު، ދުވާލަކު ސީޕްލޭންގެ އަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، އިންޑިއާގައި ސީޕްލޭންގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އަހްމަދުއާބާދާއި ކެވާޑާ އާއި ދެމެދެވެ.

އިންޑިއާގައި ސީޕްލޭންގެ ހިދުމަތް މި މަހުގެ 31 ގައި އިފްތިތާހްކޮށްދެއްވާނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ. އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ އެހީތެރިކަމާއި އެކު ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން މައުލޫމާތު ދެއެވެ. އިންޑިއާގައި ސީޕްލޭންގެ ހިދުމަތްތައް ފެށުމަށް ތައްޔާރުވަމުންދާ އިރު، މޯލްޑިވިއަންގެ ހާއްސަ ސީޕްލޭން ފްލައިޓެއް ވަނީ އިންޑިއާ އަށް ގޮސްފަ އެވެ.

މޯލްޑިވިއަން އާއި ރާއްޖޭގެ ސަރުކާރުން މިކަމުގައި އިންޑިއާ އަށް އެހީތެރިކަން ދީފައިވާކަން ފާހަގަކޮށް، އިންޑިއާގެ ހައިކޮމިޝަނުން ވަނީ ދިވެހި ސަރުކާރަށާއި، މޯލްޑިވިއަން އަށް ޝުކުރު ދަންނަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް