ads
މީގެ ކުރިން ވީއޯސީ އިން އިސްނަގައިގެން ބޭއްވި މުޒާހަރާގެ ތެރެއިން--- ފޮޓޯ: ސީއެންއެމް
ރޭޕްއާ ދެކޮޅަށް މުޒާހަރާއަށް ނިކުތް ފަސް މީހަކު ހައްޔަރުކޮށްފި
މާލޭގައި ރޭޕްކުރުމާއި ދެކޮޅަށް އަޑު އުފުލި ވޮއިސް އޮފް ޗިލްޑްރެސްގެ ފަސް މެމްބަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންއާ ހިލާފަށް އެއްވުމެއް ކުރިއަށް ގެންދިޔަ ބަޔަކަށް ފުލުހުން ނަސޭހަތްތެރިވުމުން ވެސް އެއްވުން ކުރިއަށް ގެންގޮސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ. 

އަދި އެ މައްސަލައާ ގުޅިގެން މިއަދު ހަވީރު ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މިއަދު ޖެންޑާ މިނިސްޓްރީ ދޮށަށް އެއްވެ ވޮއިސް އޮފް ޗިލްޑްރަންގެ ނަމުގައި ހިންގަމުން އަންނަ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތަކުން ސީއެންއެމްއަށް ބުނި ގޮތުގައި ފުލުހުން ހައްޔަރުކުރީ އެ ހަރަކާތުގެ ފައުންޑަރަކާއި ހަތަރު މެމްބަރެކެވެ. 

މީގެ ކުރިން ވެސް އެ ހަރަކާތުން އިސްނަގައިގެން މާލޭގައި ޖިންސީ ގޯނާ އާއި ރޭޕްއާ ދެކޮޅަށް އަޑުއުފުލާފައިވެ އެވެ. އަދި ގިނަ ބަޔަކު އެ ހަރަކާތްތަކުގައި ބައިވެރިވެފައިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް