ads
ސްޕެއިން--
ސްޕެއިންގައި ކުއްލި ހާލަތު އިއުލާންކޮށްފި
ސްޕެއިން އިން ކުއްލި ހާލަތު އިއުލާންކޮށް އެ ގައުމުގައި ކާފިއު ހިންގަން ނިންމައިފި އެވެ.

ސްޕެއިންގެ ޓީވީތަކަށް މައުލޫމާތު ދެއްވަމުން އެ ގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސާންޗޭޒް ވިދާޅުވީ އާދިއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ރޭ 11:00 އިން ހެނދުނު 6:00 އަށް ކާފިއު ހިންގަން ފަށާނެ ކަމަށެވެ. އަދި ކުއްލި ހާލަތު ފަނަރަ ދުވަހުގެ މުއްދަތަކުން ހަ މަސް ދުވަހުގެ މުއްދަތަކަށް އިތުރުކުރަން ގާނޫނު ހަދާ މަޖިލިހަށް ފޮނުވާނެކަމަށް ސާންޗޭޒް ވިދާޅުވިއެވެ.

ސްޕެއިން އިން ކޮވިޑް-19 ފުރަތަމަ ފެނުނު ދުވަސްކޮޅު، އެ ގައުމުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމުގެ ސަބަބުން ހަރުކަށި ފިޔަވަޅުތަކަކާއި އެކު ލޮކްޑައުން އެއް އިއުލާންކުރިއެވެ. އެހެނިހެން ވިލާތުގެ ގައުމުތަކެކޭ އެއްގޮތަށް، ސްޕެއިންގައި ކޮވިޑް-19 ދަނީ ހަލުވިކަމާއި އެކު ފެތުރެމުންނެވެ.

ސްޕެއިންގައި މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 35،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް