ads
އަހްމަދު އަފީފް، އަބްދުﷲ އަފީފް ދީދީ އާއި އަނީސާ ދީދީގެ ދަރިކަލުން--- ފޮޓޯ: ނެޝަނަލް އެސެމްބްލީ އޮފް ސީޝެލްސް
ސީޝެލްސްގެ އިންތިހާބީ ނައިބު ރައީސް އަހުމަދު އަފީފަށް އިދިކޮޅު ކޯލިޝަނުން މަރުހަބާ ދަންނަވައިފި
ސީޝެލްސްގެ ނާއިބު ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އަހުމަދު އަފީފަށް، އިދިކޮޅު ކޯލިޝަނުން މަރުހަބާ އާއި ތަހުނިޔާ ދަންނަވައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސީޝެލްސްގެ ރިޔާސީ އިންތިހާބު އެގައުމުގެ ލިންޔޮން ޑިމޮކްރަޓިކް ސެލެސްވާއިން ކާމިޔާބުކޮށް، ނައިބު ރައީސްކަމުގެ މަގާމަށް އަހުމަދު އަފީފް އިންތިހާބުވުމާއި ގުޅިގެން އެމަނިކުފާނަށް، ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައާއި އިދިކޮޅު ކޯލިޝަންގެ ނަމުގައި ތަހުނިޔާ ދަންނަވާކަމަށެވެ. 

އިދިކޮޅު ކޯލިޝަންގެ ނޫސްބަޔާނުގައި ބުނެފައިވަނީ، އަހުމަދު އަފީފް ސީޝެލްސްގެ ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތުމަކީ ރާއްޖެއަށްވެސް ލިބޭ ޝަރަފެއް ކަމަށެވެ. އަދި އެމަނިކުފާނުވަނީ މީގެކުރިންވެސް ސީޝެލްސްގެ ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފައި ކަމަށާއި، އެމަނިކުފާނުގެ މަސައްކަތްޕުޅަށް ކާމިޔާބަށް އެދޭކަމަށްވެސް ނޫސްބަޔާނުގައި ވަނީ ބުނެފައެވެ. 

އަހުމަދު އަފީފްއަކީ އައްޑޫސިޓީގެ ބޭފުޅެއް ކަމަށްވާ އަބްދުﷲ އަފީފްގެ ދަރިކަލުންނެވެ. އަބްދުﷲ އަފީފް އަކީ އައްޑޫސިޓީ ހިތަދޫއަށް އުފަން، އިހުތިރާމް ލިބިފައިވާ ބޭފުޅެކެވެ. އެގޮތުން އިނގުރޭސީންގެ ހިމާޔަތުގައި ރާއްޖެ އޮތްއިރު، އަބްދުﷲ އަފީފް އުޅުއްވީ، ގަމު ބްރިޓިސް އެއާ ބޭސްގައި ތަރުޖަމާނެއްގެ ގޮތުގައެވެ. އޭގެފަހުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މެދުގައި "ޔުނައިޓެޑް ސުވެދައިވް" ގެ ނަމުގައި ވަކި ދައުލަތެއް އުފެދުނު އިރު، އަބްދުﷲ އަފީފް ހުންނެވީ 1959 އިން 1963 އަށް ޔުނައިޓެޑް ސުވެދައިވްގެ ރައީސްކަމުގެ މަގާމުގައެވެ. އޭގެފަހުން ސީޝެލްސްއަށް އަރުވާލެވުނެވެ. 

އަބްދުﷲ އަފީފްގެ ދަރިކަލުން އަހުމަދު އަފީފް ވަނީ 1995 އިން ފެށިގެން ސީޝެލްސްގެ ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުވަނީ ސީޝެލްސްގެ ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އެގައުމުގެ ގައުމީ މަޖިލީހުގެ މެމްބަރުކަން ކުރައްވިއެވެ. އަދި ފަހުން އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުވެސް ވަނީ އަދާކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް