12889
CONFIRMED

DEATHS
11717
RECOVERED
🌏60,973,636
INFECTED
🌏39,069,813
RECOVERED
🌏1,432,047
DEATH
🌏64%
RECOVERY RATE
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ——
ރިލްވާންގެ މައްސަލައާއި ގުޅިގެން އިމްރާން ދެއްކެވި ވާހަކަ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: އާއިލާ
Share
ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެއްލުވާލާފައިވާ މައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަތަށް ރިލްވާންގެ އާއިލާއިން ކުށްވެރިކޮށްފިއެވެ.
Advertisement

ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ރިލްވާން ގެއްލުވާލާފައިވާ މައްސަލައަކީ ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ މައްސަލައެއް ކަމަށާއި، އެއްވެސް ކޯޓަކުންވެސް އަދި މަރު ކޮމިޝަނުންވެސް ރިލްވާން މަރާލާފައިވާކަމަށް ރަސްމީކޮށް އައިލާއަށް މިހާތަނަށް އަންގާފައި ނުވާކަމަށެވެ. 

އެހެންކަމުން ރިލްވާން މަރާލާފައިވާކަމަށް ބުނެ މިނިސްޓަރު އިމްރާން ދައްކެވި ވާހަކަ، މަރުކޮމިޝަނުން ތަހުގީގު ކުރަންޖެހޭކަމަށާއި، އަދި މިފަދަ ވާހަކަ ތަކަކީ މަޝްހޫރުވާން ދައްކާ ކަހަލަ ވާހަކައެއް ނޫންކަމަށް ވަނީ ބުނެފައެވެ. 

ޝެހެނާޒްގެ ޓްވީޓުގައި ވަނީ، މިފަދަ އަނިޔާވެރި ހަގީގަތާއި ހިލާފު ވާހަކައެއް ދެއްކިއިރު، ރިލްވާންއަށް ވީގޮތެއް ނޭންގި އާއިލާއިން ރޮއެ ހިޔާމަކުރާކަން ވިސްނާލިންތޯ ސުވާލު އުފައްދާފައެވެ. އަދި ސިޔާސީ މީހުންގެ ފައިދާއަށް މިބާވަތުގެ ވާހަކަ ދެއްކުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށްވެސް ވަނީ ބުނެފައެވެ. 

ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައިވާ މައްސަލަ އާއި ގުޅޭގޮތުން މިނިސްޓަރު އިމްރާން އަންނަނީ ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު އަތުގައި ހުރިކަމަށްބުނާ ރިލްވާންގެ މައްސަލައިގެ ލިޔެކިއުންތަށް މޭޑޭގެ މުޒާހަރާގައި ހައްޔަރުކުރުމަށްފަހު ފުލުހުން އަތުލާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގުރާމެއްގައި، އެދުވަހު ފުލުހުން އަތުލީ އަސްލު ލިޔެކިއުންތަށް ނޫން ކަމަށާއި، އެއީ އެ ލިޔެކިއުންތަކުގެ ކޮޕީތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ. 

މިވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން މިނިސްޓަރު އިމްރާންއަށް އަމާޒުވެފައި ވާއިރު، މިކަންކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން އަންނަނީ މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ތައްޔާރުވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް