ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރަހުނު ވިއްކައިގެން ދަރަނި އަނބުރާ ނުހޯދޭ ކަމުގެ ޝަކުވާ ބޭންކްތަކުން ކުރޭ: ރައީސް ނަޝީދު
ރަހުނު ވިއްކައިގެން ދަރަނި އަނބުރާ ނުހޯދޭ ކަމުގެ ޝަކުވާ ކޮމާޝަލް ބޭންކްތަކުން ކުރާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ އިފްލާސްވުމާއި އިފްލާސް ކުރުމުގެ ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ވަގުތު ވެސް 70 އެއްހާ ރަށުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފައްޓާ، މަޑުޖެހިފައިވާއިރު އެއިން ކޮންމެ ރަށެއްގައި ބޭންކަކާ ގުޅޭ ދަރަންޏެއް އޮންނާނެ ކަމަށެވެ. 

ބޭންކުތަކަށް މި ރަހުނުތައް ވިއްކޭގޮތް މެދުވެރިވެއްޖެނަމަ، ވަރަށް ގިނަ އަދަދެއްގެ ފައިސާ ރާއްޖޭގެ މާލީ ނިޒާމަށް ވެއްދެން އެބައޮތްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ، ބޭންކުތަކަށް ދަރާފައިވާ ދަރަނި އަނބުރާ ހޯދަން ރަހުނު ވިއްކާ ނުލެވި، އެ ދަރަނީގެ ފައިސާ އަނބުރާ ނުހޯދޭތަން ދިމާވާކަމަށެވެ. އަދި ވިދާޅުވީ ބޮޑު އިންޓްރަސްޓް ރޭޓެއް ބޭންކްތަކުން ނަގަންޖެހެނީ ރިސްކް ބޮޑުވުމުން ކަމަށެެވެ. 

"ދަރަނީގެ ފައިސާ އަނބުރާ ނުހޯދުނީމާ، ދެން ބޭންކުގެ ނިޒާމަށް ލިބިގެންދާ ގެއްލުމާއި އޭގެ ސަބަބުން ބޭންކުގެ އިންޓަރެސްޓް ރޭޓަށް ވެގެންދާ ގޮތް. ބޮޑު އިންޓަރެސްޓް ރޭޓެއް ބޭންކުން ނަގަން މިޖެހެނީ ރިސްކު ބޮޑުވާތީ."

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ބޭންކްރަޕްސީގެ ގާނޫނަކީ ރާއްޖެއަށް މިވަގުތު ވަރަށް ބޭނުންތެރި ގާނޫނެއްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް