ads
އއ. ތޮއްޑޫގައި ހުޅުވި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރު--
އއ. ތޮއްޑޫގައި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. ތޮއްޑޫގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވާ ހިދުމަތް ދޭން ފަށައިފި އެވެ.

ބީއެމްއެލުން ބުނީ އެ ސެލްފް ސާވިސް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ބީއެމްއެލުން މަސައްކަތް ކުރަމުން ދަނީ އަތޮޅު ތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމަށެވެ. އއ. އަތޮޅަށް ބަލާއިރު ތޮއްޑޫގެ އިތުރުން ރަސްދޫގައި ވެސް އޭޓީއެމް އަދި ބްރާންޗްގެ ހިދުމަތް ބީއެމްއެލުން ފޯރުކޮށްދެ އެވެ. 

ދާދި ފަހުން ބީއެމްއެލުން ވަނީ ނ. ކެނދިކުޅުދޫ އަދި ތ. ތިމަރަފުށީގައި ވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފަ އެވެ. 

ބީއެމްއެލުން ބުނީ މިހާރު ރަށްރަށުގައި ބަހައްޓަމުން ދަނީ ފައިސާ ޖަމާކުރުމުގެ ހިދުމަތް ވެސް އެކުލެވޭ ގޮތަށް އެންމެ ފަހުގެ ސެކިއުރިޓީ ހިމެނޭ، ރައްކާތެރިކަމާއެކު ބޭންކިން ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމް ކަމަށެވެ. 

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 62 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 125 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ގައުމީ ބޭންކުން ބުނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް