ads
ފަތުރުވެރިންތަކެއް ރާއްޖެއަށް އައުން-- ފޮޓޯ: އަވަސް
މާލޭގެ ގެސްޓްހައުސްތައް އަންނަ މަހުގެ މެދު ތެރޭގައި ހުޅުވާލަނީ
މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް އަންނަ މަހުގެ މެދުތެރޭގައި ހުޅުވުމުގެ ހުއްދަދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދިނުމުން ނޫން ގޮތަކަށް ގްރޭޓާ މާލޭ ސަރަހައްދުގައި ހިންގާ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.

އެގޮތުން މި ސަރަހައްދުގެ ގެސްޓްހައުސްތައް ބަންދުކޮށްފައި ބަހައްޓާ ކޮންމެ ދުވަހަކީ ވެސް ގެއްލުން ދުވަސްތަކެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އުއްމީދުކުރައްވަނީ އަންނަ މަހުގެ މެދެއްހާ ހިސާބުގައި ގެސްޓްހައުސްތައް ހުޅުވިގެން ދިއުން ކަމަށެވެ.

އަދި އެކަން ގުޅިފައި ވަނީ ރާއްޖޭގެ ކޮވިޑްގެ ނަމްބަރުތަކާ ކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރު ވަނީ އެޗްޕީއޭ އިން ހުއްދަ ދިނުމާއެކު މާލޭގެ ގެސްޓްހައުސްތައް ހުޅުވާލުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެ ކުރިން މިނިސްޓަރު ވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް ފަސް އިންސައްތައަށް ދަށް ވެއްޖެނަމަ ހުއްދަދެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކީ އެންމެން ގުޅިގެން ކުރެވިދާނެ މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

މާލޭ ސަރަހައްދު ފިޔަވައި، ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދެއްގެ ގެސްޓްހައުސްތައް މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލާފައިވާއިރު އެތަންތަން ހުޅުވުމުގެ ހުއްދަދެވީ ވަކި ޝަރުތުތަކެއް ފުރިހަމަކުރުމުންނެވެ. އެގޮތުން އެ ހުއްދަ ދެމުން އަންނަނީ ގެސްޓްހައުސް ހިންގަމުން އަންނަ ރަށްރަށުގައި ފްލޫ ކްލިނިކަކާއި ކަރަންޓީނު ފެސިލިޓީއެއް އަދި މީހަކު ޕޮޒިޓިވްވެއްޖެނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީއެއް ގާއިމުކޮށްފައިވާ ރަށްރަށަށެވެ. އަދި ރަށުގައި ގެސްޓްހައުސްގެ ވިޔަފާރި ފަށަން ކައުންސިލުގެ ހުއްދަވެސް ހޯދަން ޖެހޭއިރު ގެސްޓްހައުސްތައް ފެށުމާއެކު ރަށްރަށުގައި އުޅޭ މީހުން މާސްކް އެޅުން ވެސް މަޖުބޫރެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް