ads
އުނގޫފާރު-- ފޮޓޯ: އުނގޫފާރު.ކޮމް
ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވެ އުނގޫފާރު މޮނިޓަރިންއަށް ލަނީ
ރ. އުނގޫފާރުން ރެންޑަމްކޮށް ނެގި ސާމްޕަލެއް ޕޮޒިޓިވްވެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންނާނެ ކަމަށް ބެލެވޭ ކަމަށް އެރަށު ހޮސްޕިޓަލުން ބުނެފި އެވެ.

އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖާ ހެލްތު ސާވިސަސް، އިބްރާހީމް ޒަޔާން ވިދާޅުވީ ރ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއް ކަމަށްވާ ކުޑަކުރަތުގައި މަސައްކަތްކުރާ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން އިއްޔެ އެރަށުން ރެންޑަމް ސާމްޕަލްތަކެއް ނަގާފައިވާ ކަމަށެވެ. 

ޒަޔާން ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 80 ސާމްޕަލެއް ނެގިއިރު އަދި ނަތީޖާ ލިބުނު މީހުންގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ އެންމެ މީހެކެވެ. 

އެކަމަކު އެއާއެކު ރަށް މޮނިޓަރިންގެ ހާލަތަށް ގެންނާނެ ކަމަށް ބެލެވޭ ކަމަށާއި އެކަމަކު އަދި ލިޔުން ނުލިބޭ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އުނގޫފާރުގައި ހޯމް ކަރަންޓީނުގައި ތިބި ދެ ޑޮކްޓަރު ޕޮޒިޓިވްވި އެވެ. އެކަމަކު މިއީ ރެންޑަމް ސާމްޕަލަކުން އެރަށުގައި މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް