ads
ރައީސް ސޯލިހް އިއްޒުއްދީން ސްކޫލްގެ ދަރިވަރުންތަކަކާއި އެކު - ފޮޓޯ: ސަން
ތައުލީމުގެ ބިލު މަޖިލީހުން ފާސްކޮށްފި
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ތައުލީމުގެ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ ތަޢުލީމާ ބެހޭ ބިލު މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތަށް ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލު ގައުމީ ތަރައްގީއާއި ތަރިކައިިގެ ކޮމިޓިން އިސްލާހު ގެނައުމަށްފަހު ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް މީގެ ކުރިންވެސް ވަނީ ފޮނުވާފަ އެވެ. އެހެންނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވާއިރު އެ ބިލު ދެވަނަ ފަހަރަށް ތަޅުމަށް ފޮނުވާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

ބަދަލުތަކަކާއިއެކު އަލަށް އެ ބިލު ފޮނުވިއިރު އަހްލާގީ ގޮތުން ދަށް ފެންވަރުގެ ކުދިންގެ ސަބަބުން އެހެން ކުދިންނަށް ކުރާ ނޭދެވޭ އަސަރުގެ ޒިންމާ އެކުއްޖަކު އުފުލަން ޖެހޭނެ ކަމަށް ބުނާ އަކުރު އުނިކުރަން ކޮމިޓީއިން ވަނީ ނިންމާފައެވެެ. އަދި ފަށާ ތައުލީމުގެ ގޮތުގައި ކަނޑައަޅާފައިވަނީ ގްރޭޑް އެކަކުން ފެށިގެން ހަޔަކާއި ހަމަޔަށެވެ.

ތައުލީމީ ބިލުގައި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބޭތޯ ކަށަވަރުކުރުމަށް އޮނިގަނޑެއް ގާއިމުކުރަން ވަނީ ހިމަނާފަ އެވެ.

އެގޮތުން ރާއްޖޭގެ ތައުލީމީ ނިޒާމުގެ އަސާސްތަކާއި އުނގެނުމާއި ގުޅޭގޮތުން ލިބޭ ހައްގުތަކާއި ދައުލަތާއި ބެލެނިވެރިންގެ އިތުރުން ޓީޗަރުންގެ ޒިންމާތައް ބަޔާންކުރެ އެވެ. 

ތައުލީމީ ބިލާއި މަތީ ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް