ads
މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް--
އާޒިމް، އިދިކޮޅު ފަރާތްތަކަށް: ހުސް ބުޅީގައި އެމްޑީޕީ ނުގަންނާނެ!
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ފާޑުވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 11 މެމްބަރުންގެ ސޮޔާއި އެކު އެވެ. މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ބޭނުންވަނީ 10 މެމްބަރުންގެ ސޮޔެވެ. 

ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައިގައި މިނިސްޓަރު އިމްރާން ޖަވާބުދާރީ ވުމަށް ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދު އަރުވާނެ ކަމަށެވެ.  

މި މައްސަލައިގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ، މަޖިލީހަކީ ސަރުކާރުގެ ބައިވެރިއެއް ކަމަށާއި، އެމްޑީޕީން ކަމަކަށް ނިކުންނައިރު އެޖެންޑާއެއްވެސް އޮންނަ ކަމަށެވެ. އަދި ވިދާޅުވީ ހުސް ބުޅީގައި އެމްޑީޕީ ނުގަންނާނެ ކަން އިދިކޮޅު ފަރާތްތަކަށް އިނގެންޖެހޭނެ ކަމަށެވެ. 

"ހިޔާލުތަފާތުވުންތަކެއް އޮންނަ ފަހަރު ހުސް ބުޅީގައި ނުގަންނާނެ. ހުސް ބުޅި އުސޫލުން މަޖިލީހަށް ހުށަހަޅައިގެން ކަންކަން ކުރިއަށް ނުގެން ދެވޭނެ."

މީގެ އިތުރުން އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ އެމްޑީޕީގެ ފުރިހަމަ ތާއީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް އޮންނާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އަދަދު މައްސަލައިގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ އަދަދަށް ބެލުމުން އިނގޭކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް