ads
މަރަދޫ ބަނދަރުގެ މަސައްކަތުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ
އައްޑޫ މީދޫ ބަނދަރުގެ 80 އިންސައްތަ ނިމިއްޖެ
ސ. މީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ސ. މީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ އިރު، އެ މަޝްރޫއުގެ ދަށުން ކުރާ ނެރު ފުންކުރުމުގެ މަސައްކަތުގެ 34 އިންސައްތަ ވަނީ ނިމިފަ އެވެ.

އަދި އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.

އެ މަޝްރޫއުގެ ދަށުން 35،496 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 22،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 496 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 115 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިން ބޭރުތޮށި ލުމާއި، ބަނދަރުގައި ބައްތި ހަރުކުރުން، އަދި 2480 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ގައި މޮބިލައިޒް ކުރެވުނު އެ މަޝްރޫއަށް 33.4 މިލިއަން ރުފިޔާ ހަރަދުވާ އިރު، އެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން، އެންޑް އިންފްރާސްޓްރަކްޗާއިންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް