ads
ސިއްހީ ފަރުވާ ދޭ ބަޔަކު ކޮވިޑް-19އިން ރައްކާތެރިވުމަށް ފިޔަވަޅު އަޅާއިގެން--
ކޮވިޑާ ގުޅިގެން ކުރި ހޭދަ މިދިޔަ ހަފްތާގައި އިތުރުވެއްޖެ
ކޮވިޑް-19 އާ ގުޅިގެން ކުރި ހަރަދުތައް މިދިޔަ ހަފްތާގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެގޮތުން ފާއިތުވި ހަފްތާގައި ސިއްހީ އަދި އިޖުތިމާއީ ކަންތައްތަކަށް 1.296 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އޭގެ ކުރީ ހަފްތާގައި 1.281 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. މިއީ އޭގެ ކުރީ ހަފްތާ އާ އަޅާ ބަލާއިރު 1.2 އިންސައްތަ އިތުރު އަދަދެކެވެ.

އެންމެ ގިނައިން ހަރަދުކުރި މުއައްސަސާ އަކީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އެވެ. އެއީ 779.9 މިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ގިނައިން ހަރަދު ހެލްތު މިނިސްޓްރީ އެވެ. އެއީ 202.2 މިލިއަން ރުފިޔާ އެވެ.

އެންމެ ގިނައިން ހަރަދުކޮށްފައި ވަނީ ރެޕިޑް ރެސްޕޮންސް ޓީމުން ބޭނުންވާ އިކުއިޕްމެންޓްތަކަށެވެ. އެއީ 521 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ގިނައިން ހަރަދުކޮށްފައި ވަނީ ކޮވިޑް ފެސިލިޓީތަކަށް ބޭނުންވާ ތަކެތި ހޯދުމަށެވެ. އެއީ 198.2 މިލިއަން ރުފިޔާ އެވެ.

ކޮވިޑް-19 އާ ގުޅިގެން ތައާރަފްކުރި އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ފާއިތުވި ހަފްތާގައި 1.153 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އޭގެ ކުރީ ހަފްތާގައި 1.147 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ ހަފްތާ އާއި އަޅާ ބަލާއިރު ބައި އިންސައްތަ އިތުރު އަދަދެކެވެ.

އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ގޭބިސީތަކަށް 116.1 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. ފެން ބިލުތަކަށް 10.2 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ އިރު، ކަރަންޓު ބިލުތަކަށް 48.2 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައި ވެއެވެ. 

ލޯނުގެ ގޮތުގައި އެސްޑީއެފްސީ އިން 308.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، ގައުމީ ބޭންކް ބީއެމްއެލް އިން ލޯނުގެ ގޮތުގައި 545.8 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް