ads
ނައިފަރު-- ފޮޓޯ: ނައިފަރު ކައުންސިލް
ނައިފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫއު އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފި
ޅ. ނައިފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫއު އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފި އެވެ.

ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް މީގެ ކުރިން އޮތީ އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ލަކީ ހިޔާ އެކްސްޕޯޓްސް އާއި ޓްރެވަނީއާ ހަވާލުކޮށްފަ އެވެ. 

އެ މަސައްކަތް ހަވާލުކުރިތާ ތިން އަހަރު ވެފައި ވާއިރު ވެސް މަސައްކަތް ނިންމާލެވިފައި ނުވާތީ އެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައި ވަނީ އެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށެވެ.

އެމްޑަބްލިއުއެސްސީއާ އިއްޔެ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ކުރަން ނިންމާފައިވާ ކަންކަމަކީ ނައިފަރުގެ ފެނުގެ މަޝްރޫއުގެ ދަށުން ނުނިމި ހުރި މަސައްކަތްތައް ނިންމުމާއި ސައިޓުގައި މަރާމާތު ކުރަން ޖެހޭ ބައި މަރާމާތުކޮށް، ފެން ޓެސްޓު ކުރާނެ ވަސީލަތްތަކާއެކު ލެބޯޓްރީ އެއް ގާއިމް ކުރުމެވެ.

އަދި ރަށުގެ ނަރުދަމާގެ މަސައްކަތުގެ ތެރެއިން ވެސް ނުނިމި ހުރި މަސައްކަތްތައް ނިންމުމަށާއި، ސީ އައުޓްފޯލްގެ ނުނިމި ހުރި މަސައްކަތްތަކާއި، ޕަމްޕް ސްޓޭޝަނާއި އެސްޓީޕީގެ އިލެކްޓްރޯ މެކޭނިކަމް މަސައްކަތްތައް ވެސް ކުރަން ނިންމާފައި ވެއެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެމްޑަބްލިއުއެސްސީ އާއި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އާ ދެމެދު އެވެ. އެ މަސައްކަތުގެ ކޮންޓްރެކްޓް މުއްދަތެއެގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފަސް މަސް ދުވަހެވެ.

މީގެ އިތުރުން ތ. ވޭމަންޑޫގެ ފެނާއި ނަރުަދަމާގެ މަސައްކަތް  ކުރުމަށް ވެސް އިއްޔެ ވަނީ ޕްލޭނިން މިނިސްޓްރީ އާއެކު އެމްޑަބްލިއުއެސްސީން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ލަކީ ހިޔާ އެކްސްޕޯޓްސް އާއި ޓްރެވަނީއާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ޖޫން މަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް