ads
މިނިސްޓަރު އިމްރާން އަބްދުﷲ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރަން ނިންމައިފި
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އެ މައްސަލަ ހުށަހެޅުއްވީ އިދިކޮޅު 10 މެމްބަރުންގެ ސޮޔާއެކު އެވެ. ނަޝީދު ވިދާޅުވީ އެކަމުގެ ނޯޓިސް މިއަދު ފޮނުއްވާނެ ކަމަށެވެ. 

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ މައްސަލަތަކުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން ނޯޓިސް ފޮނުވަން ޖެހެ އެވެ.

ނަޝީދު ވިދާޅުވީ 10 މެމްބަރުންގެ ސޮޔާއެކު އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ ކުރިއަށް ގެންދަން ޖެހޭ ކަމަށް ގަވާއިދުގައިވާ ކަމަށާއި އެހެންކަމުން ނޯޓިސްގެ މުއްދަތު ހަމަވުމުން މައްސަލަ އެޖެންޑާ ކުރާނެ ކަމަށެވެ. 

އިމްރާންގެ އިތުބާރު ގެއްލިފައިވާ ކަމަށް އިދިކޮޅު މެމްބަރުން ހުށަހެޅުއްވީ ސަފާރީ ރޭޕް މައްސަލަ އާއި، ޑރ. އަފްރާޝިމް އަލީގެ މަރާއި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނެގި މައްސަލާގައި އޭނާ ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް