ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ދަރަނި ދެއްކުން ރިސްޓްރަކްޗާ ކުރަން އަންގާގޮތަށް ރިޕޯޓް ފާސްކޮށްފި
ދައުލަތުގެ ދަރަނި ދެއްކުން ރިސްޓްރަކްޗާ ކުރުމަށް އަންގާގޮތަށް "ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭ މުޅި މަޖިލީހުގެ ކޮމިޓީ ރިޕޯޓް" ފާސް ކޮށްފި އެވެ.

އެ ރިޕޯޓް ފާސްކޮށްފައިވަނީ 55 މެމްބަރުންގެ ވޯޓުންނެވެ. 

ދައުލަތުގެ ދަރަނި 172 ބިލިއަން ރުފިޔާއަށް ވުރެ މަތިވެފައިވާ ކަމަށް މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލާފައިވާ ދައުލަތުގެ ދަރަންޏާއި ގުޅޭ ރިޕޯޓްގައިވެ އެވެ. 

ރިޕޯޓުގައި ހިމެނޭ ދަރަނީ ތަފްސީލް

  • ދޭދޭ ގައުމުތަކުން ނަގާފައިވާ 49 ލޯނު: 13 ބިލިއަން ރުފިޔާ
  • ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުން ނަގާފައިވާ 124 ލޯނު: 12.9 ބިލިއަން ރުފިޔާ
  • ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 114 ގެރެންޓީ: 41 ބިލިއަން ރުފިޔާ
  • ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކާ ހުރި ބިލްތައް: 5.4 ބިލިއަން ރުފިޔާ
  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޯވާޑްރާފްޓް: 78 މިލިއަން ރުފިޔާ
  • އެމްއެމްއޭއިން ނަގާފައިވާ ލޯނާއި، ގަނެފައިވާ ބޮންޑާއި، އަދި ޓްރެޝަރީ ބިލް: 7.4 ބިލިއަން ރުފިޔާ
  • ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީ-ބިލް އަދި ބޮންޑް: 91.9 ބިލިއަން ރުފިޔާ

ރިޕޯޓްގައި ވާގޮތުން އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.5 ބިލިއަން ރުފިޔާ ނަމަވެސް، އަނބުރާ ދައްކަންޖެހޭ ދަރަނީގެ ޖުމްލަ ހުރީ 20.1 ބިލިއަން ރުފިޔާގަ އެވެ. 

މުޅި މަޖިލީހުގެ ކޮމިޓީން ހުށަހަޅާ ކަންކަމުގެ ގޮތުގައި 17 ކަމެއް ހިމަނާފައިވާއިރު އޭގެ ތެރޭގައި، ސަރުކާރުން ދޭދޭ ގައުމުތަކުން ނަގާފައިވާ ދަރަންޏާއި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުން ނަގާފައިވާ ދަރަނި ފިޔަވާ އެހެން ދަރަނި ރިސްޓްރަކްޗާ ކުރުމުގެ މަސައްކަތް ސަރުކާރާއި އެމްއެމްއޭއިން ލަސްނުކޮށް ފެށުމަށް ދެންނެވުން ހިމެނެ އެވެ. 

އޭގެ އިތުރުން 2021 ވަަނަ އަހަރު ދައްކަންޖެހޭ ދައުލަތުގެ އެތެރޭގެ ދަރަނި ރޯލް-އޯވާކޮށް އެ ދަރަނި ދެއްކުން ފަސްކުރުމަށް ފިނޭންސް މިނިސްޓްރީއަށް ދެންނެވުމަށްވެސް ހުށަހަޅާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް