ads
އައިމިނަތު ވަހީދާ ޓެކްސީ ކައިރީގައި--
އަންހެން ޑްރައިވަރުގެ ޓެކްސީއަށް އަނެއްކާވެސް ގެއްލުން ދީފި
މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާގެ ކާރަށް އަނެއްކާވެސް ގެއްލުން ދީފި އެވެ.

ދިރިއުޅޭ ގެ ކައިރީގައި ޑްރަގް ކޯޓު ކުރިމަތީގައި ރޭ ކާރު ޕާކުކޮށްފައި ބޭއްވުމަށް ފަހު މިއަދު ހެނދުނު ބެލިއިރު، ބިއްލޫރިތައް ވަނީ ތަޅާލާފަ އެވެ. 

"ރޭގަ އަޅުގަނޑު މިހާރު ޓެކްސީ ކުރާ ކާރްު ވަނީ ޑްރަގް ކޯޓް ކުރިމަތީ ޕާކް ކޮށްފަ އޮއްވާ ބިއްލޫރި ތަޅާލާފައި. މިއީ އަޅުގަނޑު ޓެކްސީ ކުރަން ފެށިފަހުން މިގޮތަށް ބިއްލޫރި ތަޅާލި ފަސްވަނަ ފަހަރު،" އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވެއެވެ.

އައިމިނަތު ބުނީ ކާރަށް ގެއްލުން ދިނުމުގެ ސަބަބުން އާމްދަނީ ހޯދަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށާއި މިކަމުގައި ފުލުހުންނާއި އާއްމުންގެ އެހީ ބޭނުންވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، އައިމިނަތު ވަނީ ބަޔާން ވެސް ދީފަ އެވެ. މީގެ ކުރިން އައިމިނަތުގެ ކުރީގެ ފިރިމީހާ ވަނީ އޭނާގެ ކާރަށް ގެއްލުންތަކެއް ދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް