ads
ރަޝިޔާގައި ފިޔަވަޅުތައް ވަރުގަދަކުރަނީ
ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި ރަޝިޔާއިން އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ނިންމައިފިއެވެ.

އެގޮތުން މާދަމާ އިން ފެށިގެން އާންމު ތަންތަނުގައި މާސްކް އެޅުން މަޖުބޫރުވާނެއެވެ. އޭގެ ތެރޭގައި އާންމު ދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި، ލިިފްޓުތަކުގައި، އަދި އާންމުން އެއްވެ އުޅޭ ޕާކުތަކުގައިވެސް މާސްކް އެޅުން މަޖުބޫރުވާނެއެވެ. މީގެ އިތުރުން ރެސްޓޯރަންޓް ތައް ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 6:00 އަށް ބަންދުކުރާނެއެވެ.

އިއްޔެ ރަޝިޔާއިން 17،347 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، މިއަދު 320 މީހުން ވަނީ މަރުވެފައެވެ. މިއީ މިހާތަނަށް ރަޝިޔާގައި ދުވާލެއްގެ މައްޗައް އެންމެ ގިނަ އަދަދަކަށް ކޭސްތައް ރެކޯޑްކުރެވުނު ދުވަހެވެ.

މިހާތަނަށް ރަޝިޔާއިން ދޮޅު މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، 26،589 މީހުން ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް