ads
ފްލައި ދުބާއީގެ ފްލައިޓެއް--
ފްލައި ދުބާއީއިން ރާއްޖެއަށް ދަތުރުތައް ފަށައިފި
ފްލައި ދުބާއީއިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

އެއާލައިންއިން މާލެ އާއި ދުބާއީ އާ ދެމެދު ދަތުރުތައް ހަފްތާއަކު ހަތަރު ދަތުރު ބާއްވަން ހަމަޖައްސާފައިވެއެވެ. އެގޮތުން ކޮންމެއަންގާރަ، ބުރާސްފަތި، އަދި ހުކުރުގެ އިތުރުން ހޮނިހިރުގައިވެސް އެއާލައިންއިން ރާއްޖެއާއި ދެމެދު ދަތުރުތައް ކުރާނެއެވެ. 

އެއާލައިންއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު މީގެ ކުރިން ޓޫރިޒަމް މިިނިސްޓްރީން ވަނީ މިމަހުގެ ތެރޭގައި އެ އެއާލައިންއިން ރާއްޖެއަށް ދަތުރުތައް ފަށާނެކަމަށް ބުނެފައެެެވެ. 

އޭގެއިތުރުން ވެސް ގިނަ އެއާލައިންތަކަކުން ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. 

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން މިހާތަނަށް 12 އެއާލައިންއަކުން ވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށާފަ އެވެ.  

15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެ އައިސްފައިވާ އެއާ ލައިންތައް: 

  • އެެއިރޯފްލޮޓް
  • އެއާ އިންޑިއާ
  • އެޑްލްވެއިސް
  • އެމިރޭޓްސް
  • އިއްތިހާދް އެެއާވޭސް
  • އިންޑިގޯ
  • މޯލްޑިވިއަން
  • ގަތަަރު އެއާވޭސް
  • ސްރީލަންކަން އެއާވޭސް
  • ތުރުކިޝް އެއާވޭސް
  • ބްރިޓިޝް އެއާވޭސް
  • އެޑްލްވިސް
  • ސްޕައިސް ޖެޓް

މިއެއާލައިންތަކުން ޖުމުލަ 41,571 ދަތުރު ރާއްޖެއާއި ދެމެދު ބާއްވާފައިވާއިރު ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ދަތުރުތައް ބާއްވާފައިވަނީ އެމިރޭޓްސް އިންނެވެ. އެ އެއާވޭސްއިން 60 ފަހަރެއްްގެ މަތިން ޖުމުލަ 162 ދަތުރު ރާއްޖެއާއި ދެމެދު ކޮށްފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް