ads
ރިސޯޓް މުވައްޒަފުން ކުރި މުޒާހަރާއެއްގެ ފޮޓޯއެއް
ރިސޯޓްތަކުން ޕޮޒިޓިވްވި މުވައްޒަފުންގެ އަދަދު 83 ކަށް
ރިސޯޓްތަކުން ޕޮޒިޓިވްވި މުވައްޒަފުންގެ އަދަދު 83 ކަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާގޮތުގައި ރިސޯޓްތަކުން ޕޮޒިޓިވްވި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 28 އަރާފައެެވެ. އަދި ރިސޯޓްތަކުގައި މަސައްކަަތްކުރާ 83 މުވައްޒަފަކަށް ކޮވިޑް ޖެހިފައިވާއިރު މިހާތަނަށް 23 ރިސޯޓަކުން ވަނީ ކޮވިޑް-19 ޖެހިފައިވާ މީހުން ފެނިފައެވެ.

އެޗްޕީއޭއިން މީގެކުރިން އާއްމުކޮށްފައިވާ މައުލޫމާތައް ބަލާއިރު އޭރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު ހުރީ 34 ގައެވެ. އެހެންނަމަވެސް އެޗްޕީއޭގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާގޮތުގައި އިތުރު 49 މުވައްޒަފަކު ޕޮޒިޓިވްވެ ކޮވިޑަށް ޕޮޒިޓިވްވި ފަތުރުވެރިންގެ އަދަދުވަނީ 83 އަށް އަރާފައެވެ.

މިއަދަދު މައްޗައް އަރާފައިމިވަނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާ ރިސޯޓްތަަށްވެސް ހުޅުވާލިތާ ފަސް މަސް ފަހުންނެވެ. ބޯޑަރު ހުޅުވާލުމަށްފަހު ރިސޯޓްތައް ހުޅުވާލިފަހުންވެސް ކޮވިޑް-19 ގެ އަދަދުތައް ގިނަ ދުވަސްތަކަކަށް ހިފެހެެއްޓިފައި ހުރިކަން ފާހަގަކުރިފައިވެއެވެ.  

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް ވަނީ 31،800 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައެވެ.   

މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ފިޔަވައި އެހެން ރަށްރަށުގެ ގެސްޓްހައުސްތައް މިމަހުގެ 15 ވަނަ ދުވަހު އަލުން  ހުޅުވާލާފައިވާއިރު ރާއްޖޭގެ ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް ރިސޯޓު އަދި ސަފާރީގައި ވެސް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުދޭން ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.

އަދި މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ ދެހާހަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް