ads
ދީޕިކާ އަދި ކަރިޝްމާ--
ދީޕިކާގެ މެނޭޖަރުގެ ގެއިން މަސްތުވާތަކެތި ފެނިއްޖެ
ސުޝާންތުގެ މަރުގެ މައްސަލައާ ގުޅިގެން ފެންމަތިވި ބޮލީވުޑްގެ މަސްތުވާތަކެތީގެ މައްސަލާގައި ދީޕަކާ އާއި އޭނާގެ މެނޭޖަރުގެ މައްޗައް ގިނަ ތުހުމަތުތަކެއް ކުރެވި ވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިޔުރޯއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

އޭރު ސުވާލު ކުރުމަށް ފަހު ދޫކޮށްލާފައި ވަނިކޮށް އަނެއްކާވެސް މި ފަހުން މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި މީހުންނަށް ފޯރުކޮށްދޭ ބަޔަކު އަތުލައިގަނެ އެމީހުންނާ ސުވާލުކުރުމުން މެނޭޖަރު ކަރިޝްމާގެ ނަން ހާމަކޮށްފައި ވެއެވެ.

އެކަމާ ގުޅިގެން އެންސީބީގެ އޮފިޝަލުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަރިޝްމާގެ ގެއިން ވަނީ މަސްތުވާތަކެތި ފެނިފައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ.

އެކަމަކު ކަރިޝްމާ އާ އެތަކެއްޗާ ގުޅޭ ގޮތެއް ނޭނގޭ ކަމަށާއި އޭނާ އުޅޭ ގޭގައި ނޫޅާ ކަމަށް ވެސް އެންސީބީން ވަނީ ބުނެފަ އެވެ. އެހެންކަމުން އޭނަ އެންސީބީއަށް ހާޒިރުވުމަށް އެދި އެ ގޭގެ ދޮރުގައި ނޯޓިސް ވަނީ ހަރުކޮށްފަ އެވެ.

ދީޕިކާ އަދި ކަރިޝްމާގެ އިތުރުން ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިންނާ ވަނީ މިދިޔަ މަސް ތެރޭގައި އެންސީބީން ސުވާލުކޮށްފަ އެވެ.

އެންސީބީއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ވަޓްސްއެޕް ގްރޫޕެއްގައި 2017 ވަނަ އަހަރު ދީޕިކާގެ މެނޭޖަރު ކަރިޝްމާގެ ކިބައިން މަސްތުވާތަކެތި އެބަހުރިތޯ އަހައި ކޮށްފައިވާ މެސެޖުތަކަކާ ގުޅިގެންނެވެ. 

އެ ވަޓްސް އެޕް ގްރޫޕްގައި ބޮލީވުޑްގެ މަޝްހޫރު އެހެން ތަރިން ވެސް ހިމެނޭއިރު އެ ގްރޫޕްގެ އެޑްމިންއަކީ ދީޕިކާ ކަމަށް ބޭރުގެ ހަބަރުތައް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް