ads
ކްރިސީ އަދި ޖޯން ހޮސްޕިޓަލުގައި-- ފޮޓޯ: ކްރިސީ/ އިންސްޓަގްރާމް
އާއިލާގެ ފަރާތުން ލިބޭ ހިތްވަރަށް ކްރިސީގެ ޝުކުރު
ކްރިސީ ޓެއިގެންގެ ދަރިފުޅު ވިހެއުމުގެ ކުރިން މަރުވުމުން އާއިލާގެ ފަރާތުން ލިބެމުންދާ ހިތްވަރަށް ޝުކުރު އަދާކޮށްފި އެވެ.

މީޑިއަމްގައި އޭނާ ޝާއިއު ކުރި ލިޔުމެއްގައި އާއިލާއަށް ޝުކުރު އަދާކޮށް، ބުނެފައި ވަނީ ލިބިފައިވާ ފުން ހިތާމައިން އަރައިގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

މޮޑެލް ކްރިސީ އަދި އޭނާގެ ފިރިމީހާ، ލަވަކިޔުންތެރިޔާ ޖޯން ލެޖެންޑް ތިންވަނަ ދަރިފުޅާ ބައްދަލުކޮށްލަން ކެތްމަދުވެފައި ތިއްބާ، ދަރިފުޅު މަރުވީ ވިހެއުމުގެ ހަތަރު ވަރަކަށް މަސް ކުރިންނެވެ. 

ޖެކްގެ ނަން ދީފައިވާ އެ ކުއްޖާ މަރުވުމުން ޖޯން މީގެ ކުރިން ވަނީ ކްރިސީގެ ހިތްވަރަށް ތައުރީފުކޮށް، ޓްރިބިއުޓެއްގެ ގޮތުގައި ލަވައެއް އިންސްޓަގްރާމުގައި ޕޯސްޓުކޮށްފަ އެވެ. 

ކްރިސީ ވެސް އެކަމާ ބެހޭ ގޮތުން އޭނާގެ ހިޔާލުތައް އާއްމުކޮށްފައި ވާއިރު، އެ ލިޔުމުގައި ވަނީ ދަރިއަކު ބީވެގެން ދިޔުމުން ކުރެވޭ އަސަރުތަކާއި އެކަމުން އަރައިގަންނަން ކުރަން ޖެހޭ ބުރަ މަސައްކަތުގެ ވާހަކަ ހިއްސާކޮށްފަ އެވެ.

ކްރިސީ އާއި ޖޯންގެ ތިންވަނަ ދަރިފުޅު، ޖެކް، މަރުވިކަން އެ މީހުން އިއުލާން ކުރީ އޮކްޓޯބަރު 1 ގައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް