ads
ޗައިނާ މީހުން ފުރަން ވެލާނާ އެއާޕޯޓްގައި--
އިންޓަނޭޝަނަލް މީޑިއާ މާކެޓްޕްލޭސްގައި ރާއްޖެ އިޝްތިހާރުކޮށްފި
ޓްރެވަލްމީޑިއާގެ ފަރާތުން ބާއްވާ އިންޓަނޭޝަނަލް މީޑިއާ މާކެޓްޕްލޭސް (އައިއެމްއެމް) އޭޝިއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބައިވެރިވެއްޖެ އެވެ.

ދެ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ވާޗުއަލް އިވެންޓްގައި ރާއްޖޭގެ މުހިއްމު މާކެޓްތައް ކަމަށްވާ ޗައިނާ އާއި އިންޑިއާ، އަދި އެހެނިހެން ގައުމުތަކުގެ މަޖައްލާތަކުގެ ނޫސްވެރިން ބައިވެރިވެފައި ވެއެވެ. 

އެގޮތުން ބޭރުގެ މަޝްހޫރު ސީއެންއެން އާއި، ސައުތު ޗައިނާ މޯނިން ޕޯސްޓާއި، ޓެޓްލާ އޭޝިއާ ފަދަ މީޑިއާތައް ހިމެނެ އެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ކެމްޕޭން "ރީޑިސްކަވާ މޯލްޑިވްސް" ގެ މައްޗަށް މި އިވެންޓްގެ ބައިވެރިންނަށް އަލިއަޅުވާލެވޭނެ އެވެ. އަދި ފަތުރުވެރިންނަށް އަމާޒުކޮށް އަލަށް ތައާރަފްކުރެވުނު "މޯލްޑިވްސް ބޯޑާ މައިލްސް" ޕްރޮގްރާމާއި ބެހޭ ގޮތުން ވެސް މައުލޫމާތު ހިއްސާ ކުރެވޭނެ އެވެ. 

މީގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ސިއްހީ ގޮތުން އެޅިފައިވާ ފިޔަވަޅުތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ.

ބޯޑަރުތައް ބަންދުކުރުމުގެ ކުރިން ޗައިނާ އިން ރާއްޖެއަށް 31،744 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، ސެޕްޓެމްބަރުގެ ނިޔަލަށް އިންޑިއާއިން ޖުމްލަ 35،375 ފަތުރުވެރިން އައިސްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް