ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އިސްތިއުފާދިނުމުން ފަނޑިޔާރުންގެ ކަންކަން ބަލާ ނުނިންމޭތީ ކަންބޮޑުވުން
ސުލޫކީ މައްސަލަ ބަލަމުންދާ ފަނޑިޔާރުން، މައްސަލަ ބަލާ ނިމެން ކައިރިވެފައިވަނިކޮށް މަގާމުން އިސްތއިުފާ ދެއްވުމުން އެ މައްސަލަ އެއް ނުބެލޭތީ އެކަމުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައިސް ނަޝީދު ވަނީ ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ވަނިކޮށް އިސްތިއުފާ ދެއްވާތީ އެކަން އިއުލާނުކޮށްފަ އެވެ. 

އޭގެފަހުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން ދަނިކޮށް މަގާމުން އިސްތިއުފާ ދެއްވުމުން އެ މައްސަލަތައް ނިންމޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނަކަން ފާހަގަކުރެއްވި އެވެ. 

"ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރެވި، މަޖިލީހަށް ފޮނުވި ފިޔަވަޅު އެޅުމުގެ ތުންފަތްމަތީގައި ވަނިކޮށް އިސްތިއުފާ ދެއްވީމާ ސުލޫކީ މައްސަލަ ބަލައި ނިންމާފައި ނޯންނަކަމުން އެފަދަ ފަނޑިޔާރުންނަށް އަލުން އަނބުރާ ފަނޑިޔާރުކަމަށްވެސް ވަޑައިގަތުމުގެ ފުރުސަތު ލިބިގެންވޭ."

ރައީސް ނަޝީދު ވިދާޅުވީ އެކަމުގައި މެމްބަރުންގެ ކަންބޮޑުވުން އޮންނަކަން ފާހަގަކުރެވޭ ކަމަށެވެ. 

މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޝުކޫރުގެ ބޮޑެތި މައްސަލަތަކެއް ބެލުމަށްފަހު މަގާމުން ވަކިކުރުމަށް ނިންމާ މައްސަލަ މަޖިލީހަށް ފޮނުވި އެވެ. އެގޮތުން ޖޭއެސްސީން ބުނެފައިވަނީ، އޭނާ އާއި ގާތް ގުޅުމެއް އޮންނަ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ކޯޓުގައި ހިނގި ދުވަހު، ހައްޔަރުކޮށްފައިވާ ފަރާތުގެ ގާނޫނީ ވަކީލާ ރެސްޓޯރެންޓެއްގައި ބައްދަލުވެ، ވަލީކު ދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ. 

އޭގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ވިލިނގިލީ ގެއެއްގެ ތެރޭގައި، ކުރީގެ ފަނޑިޔާރުންތަކަކާއެކު ވަކި ކެނޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކޮށް ވާހަކަދައްކާފައިވުމާއި، އަދި ހަމަ އެ އަހަރު، ވިލިނގިލީ ކެފޭއެއްގެ ތެރޭގައި ސިޔާސީ ވާހަކަ ދައްކައި ވަކި ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވެފައިވާ ކަމަށެވެ. 

މީގެ އިތުރުން، 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބަޔެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެ ކުރިން، ޝަރީއަތުގެ މަޖިލީހުން ބޭރުން، އެމީހުންގެ ބަންދާ މެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އަދުލުވެރިކަމުގެ ހަމަތަކުން ބޭރުން އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު އަމަލުކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ. 

އަހުމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން ނިންމިއިރު، އޭނާގެ އިތުރު މައްސަލަތަކެއް ވެސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އެއީ ކޯޓު އަމުރު ދިނުމަށް ފަހު ކުށުގެ ވެއްޓަށް ފުލުހުން ދާއިރު އެކަމުގެ މައުލޫމާތު ކުރީބައިގައި ލީކްވެފައި އޮންނަ މައްސަލަ އާއި، މަސްތުވާތަކެއްޗާ ގުޅުން އޮންނަ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވާ ކަމުގެ މައްސަލަ އާއި، ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަ ތަކެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް