ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތި އުޅޭ ބަންގްލަދޭޝް ރައްޔިތުންނާއި، އެނބުރި ގައުމަށް ދާން ބޭނުންވާ ރައްޔިތުން ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަނުން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން މިއަދު 152 ރައްޔިތުން ގައުމަށް އަނބުރާ ފޮނުވާލައިފައިވާ އިރު، މޯލްޑިވިއަން އިން މިގޮތަށް 40 އަށް ވުރެ ގިނަ ދަތުރުކޮށްފައި ވެއެވެ.
އެއާޕޯޓަށް ޗެކިން ވާން ހުރި ބަންގްލަދޭޝް ރައްޔިތެއް--- ފޮޓޯ: މޯލްޑިވިއަން
ބަންގްލަދޭޝްގެ ވެރިރަށް ދާކާއަށް މިއަދު ގެންގޮސްފައިވާ 152 ރައްޔިތުންނާއި އެކު މިހާތަނަށް މޯލްޑިވިއަން އިން އެ ގައުމުގެ 8،036 ރައްޔިތުން އަނބުރާ ގައުމަށް ގެންގޮސްފައި ވެއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ބަންގްލަދޭޝްގެ 20،000 ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.
މީގެ ހަފްތާތަކެއް ކުރިން ބަންގްލަދޭޝް އިން އެހީ ހިފައިގެން އައި އަސްކަރީ މަނަވަރެއްގައި ވެސް އެ ގައުމުގެ ގިނަ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލާފައި ވެއެވެ.