ads
ޓޫރިޒަމް މިނިސްޓަރާއި ހެލްތް މިނިސްޓަރު ބައްދަލުކުރެއްވުން--- ފޮޓޯ: ޓުރިޒަމް މިނިސްޓްރީ
ޓޫރިޒަމް މިނިސްޓަރާއި ހެލްތް މިނިސްޓަރު ބައްދަލުކުރައްވައިފި
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ހެލްތް މިނިސްޓަރު އަހްމަދު ނަސީމް މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގައި ދެބޭފުޅުން ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ދެބޭފުޅުން ވަނީ ކޮވިޑް-19 ގެ މިދަތި ދުވަސްވަރު ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި މެދު މަޝްވަރާ ކުރައްވައިފަ އެވެ. އަދި ޓޫރިޒަމް ސެކްޓާއަށް ސިއްހީ ހިދުމަތްތައް ރަނގަލުކުރުމުގެ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހް، ހެލްތް މިނިސްޓަރުކަމުގެ މަގާމަށް އަހްމަދު ނަސީމް އައްޔަންކުރައްވާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް