ads
ރިއާލް މެޑްރިޑްގެ ކޯޗު ޒިދާން--
ޗެމްޕިއަންސް ލީގުގެ ދެވަނަ މެޗުން ވެސް ރިއަލް މެޑްރިޑް މޮޅެއް ނުވި
ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ދެވަނަ މެޗުން ވެސް ރިއާލް މެޑްރިޑް މޮޅެއް ނުވި އެވެ. ރިއާލް މެޑްރިޑް ބޮރޫޝިއާ މުންޗެންގްލަޑްބެކްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދޭއް ދޭކުން ދެ ޓީމް އެއްވަރުވެގެންނެވެ.

އަންގާރަ ދުވަހުގެ ރޭ ރިއާލް އެއްވަރުވިއިރު، ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ހުސްވި ހަފުތާ ތެރޭ ރިއާލް މެޑްރިޑް ވަނީ ބަލިވެފަ އެވެ. 

ރޭގެ މެޗުގައި ރިއާލުން ޖެހި ދެ ލަނޑު ޖެހީ މެޗުގެ އެންމެ ފަހުކޮޅުގަ އެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައި ހުއްޓާ ކަރިމް ބެންޒެމާ ފުރަތަމަ ލަނޑު ޖެހި އިރު ދެވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޖަހާދިނީ ކަސެމިރޯ އެވެ.

ރިއާލް މެޑްރިޑަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމެވެ. އެހެންނަމަވެސް މި އަހަރުގެ މުބާރާތުގައި އަދި އުޅެނީ ހާލުގައެވެ. ފުރަތަމަ މެޗުން ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކް އަތުން ހުސްވި ހަފުތާ ތެރޭގައި ބަލިވީ 3-2 އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް