ads
އަބްދުﷲ ޖާބިރު، މަސްމާރުކޭޓް ސަރަހައްދުގައި
އެމްޑީޕީން އުޅެނީ މަސްވެރިންނަށް ދޯކާ ދީގެން: ޖާބިރު
މަސްވެރިންގެ ޝަކުވާތަށް އަންނަނީ ވަރަށް ބޮޑުވަމުން ކަމަށާއި، އެމްޑީޕީން އުޅެނީ މަސްވެރިންނަށް ދޯކާދީގެން ކަމަށް ގަބޫލުކުރެވޭކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބުރު ވަނީ މިއަދު ހެނދުނު މަސް މާރުކޭޓް ސަރަހައްދަށް ވަޑައިގެން، މަސްވެރިންނާއި ބައްދަލުކުރައްވާފަ އެވެ. 

މިކަމާއި ގުޅޭގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ، މަސްވެރިންނާއި ބައްދަލުކުރުމުން މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކެއް ލިބުނު ކަމަށާއި، ހާއްސަކޮށް ހަމަ އަގުގައި މަސްކޮޅު ނުވިކޭކަމުގެ ޝަކުވާ އާއި، ލާރި ނުލިބޭކަމުގެ ޝަކުވާ ވަރަށް ބޮޑަށް މަސްވެރިން ކުރިކަމަށެވެ. 

ޖާބިރު ވިދާޅުވީ، އެމްޑީޕީން މަސްވެރިންނަށްވީ އެއްވެސް ވައުދެއް ފުދިފައި ނުވާކަމަށާއި، އެމްޑީޕީން މަސްވެރިންނަށް ދޯކާދީފައިވާކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ޖާބިރު ވިދާޅުވީ ފިޝަރީސް މިނިސްޓަރު އެއްވެސް ވަރަކަށް މަސްވެރިންގެ ހާލު ނުބަލާކަން މަސްވެރިން ފާހަގަކުރި ކަމަށެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ކޮވިޑް-19 ގެ މިހާލަތިގައިވެސް މަސްވެރިން ކުރަމުން އަންނަނީ ބުރަ މަސައްކަތެއް ކަމަށާއި، ނަމަވެސް އެކަމުން މަސްވެރިންނަށް ލިބެންވާ ރަސްމީ ގަދަރު ނުލިބޭ ކަމަށެވެ. އެގޮތުން ސަރުކާރުން މަސްވެރިންނާއި ގުޅިގެން ވިޔަފާރި ކުރިއަރުވަން މަސައްކަތް ނުކުރާކަން ފާހަގަކުރެވޭކަމަށް ޖާބިރު ވިދާޅުވިއެވެ. 

ޖާބިރު ވިދާޅުވީ، މިހާލަތުން އަރައިގަނެވި، ދަތުރުފަތުރު ކުރުމުގެ ހުއްދަ ލިބުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް މަސްވެރިންގެ ހާލު ބަައްލަވާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް