ads
މާލޭ ޖަލު: --
މާލޭ ޖަލު ހުރިތަނުގައި ސްކޫލެއް އަޅަނީ
މާލޭ ޖަލާއި އިންވެގެން އޮތް ހުސްބިމުގައި ދަރުމަވަންތަ ސްކޫލުގެ ދެވަނަ ސްކޫލެއް އެޅުމުގެ މަސައްކަތް މިއަހަރު ފެބުރުއަރީ ހިސާބު ފެށޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މާލޭ ޖަލާއި އިންވެގެން އޮތް ހުސްބިމުގައި ދަރުމަވަންތަ ސްކޫލުގެ ދެވަނަ ސްކޫލެއް އެޅުމުގެ މަސައްކަތް މިއަހަރު ފެބުރުއަރީ ހިސާބު ފެށޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލު އެޅުމުގެ މަސައްކަތް ކުރިއަށް ދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު މިކަން ހާމަކުރެއްވިއިރު، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ގެ ފަރާތުން ވެސް ވަނީ މާލޭ ޖަލު ހުރި ސަރަހައްދު ހުސްކުރާނެކަމަށް ބުނެފައެވެ.

ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރާއްޖޭގެ ސްކޫލުތައް އެއް ދަންފަޅިއަކަށް ބަދަލުކުރުމަށެވެ. އެގޮތުން މިހާރު ރާއްޖޭގެ 44 ސްކޫލެއް ވަނީ އެއް ދަންފަޅިއަކަށް ބަދަލުކޮށްފައެވެ. މިއަހަރު ތެރޭގައި އިތުރު ދެ ސްކޫލު އެއް ދަންފަޅިއަށް ބަދަލުކުރާނެކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށީ ސަރުކާރުގެ ޖުމްލަ 212 ސުކޫލެއްގައި 73067 ދަރިވަރުންނާ އެކު އެވެ. ނަމަވެސް ރާއްޖޭގައި ހިންގާ އިންޓަނޭޝަނަލް ސުކޫލުތަކާ އެކު މިއަދަދު 83000 ކުދިންނާ ކައިރި ކުރާނެ ކަމަށް ބެލެވެ އެވެ. މީގެއިތުރުން މިއަހަރު އެއްދަންފަޅިއަށް 150 ސްކޫލެއްގައި ކިޔަވައިދޭއިރު މިއަހަރު ސަރުކާރުގެ 170 ޕްރީސުކޫލެއްގައި ވެސް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިއަހަރު 193 ސްކޫލެއްގައި އޯ ލެވެލް 50 ސްކޫލުގައި އޭ ލެވެލް ހަދާނެ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ. މިއަހަރު ދަރިވަރުންނަށް 201 ދުވަހު ކިޔަވައި ދިނުމަށް ހަމަޖައްސާފައިވާއިރު ފުރަތަމަ ޓާމުގައި 90 ދުވަހު އަދި ދެވަނަ ޓާމުގައި 111 ދުވަހު ކިޔަވައިދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް