12889
CONFIRMED

DEATHS
11717
RECOVERED
🌏60,973,636
INFECTED
🌏39,069,813
RECOVERED
🌏1,432,047
DEATH
🌏64%
RECOVERY RATE
ފޮޓޯ:ރައީސް އޮފީސް
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި
Share
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި ބައްދަލުކުރައްވައިފިއެވެ.
Advertisement

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި، ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި އިއްޒަތްތެރިން ސޮއެކުރައްވާ ފޮތުގައި މައިކް ޕޮމްޕޭއޯ ވަނީ ސޮއެކުރައްވާފައެވެ. 

ރައީސްއާ ބައްދަލުކުރެއްވުމަށް ފަހު ޕޮމްޕިއޯ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ދެމެދު ދެގައުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލުކޮށްފަ އެވެ. އެގޮތުން އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަމާއި ޓެރަރިޒަމާ ދެކޮޅަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެ އާއި އެމެރިކާއިން މަޝްވަރާ ކުރާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވެއެވެ. 

ޕޮމްޕިއޯގެ މި ދަތުރަކީ ކޮންމެ އަހަރަކު އިންޑިއާގައި އޮންނަ "ޔޫއެސް-އިންޑިއާ 2+2 މިނިސްޓީރިއަލް ޑަޔަލޮގް" ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް އޮކްޓޯބަރު 25 އިން 31 އަށް އޭޝިއާއަށް ކުރައްވާ ދަތުރެކެވެ. މިދަތުރުގައި އިންޑިއާ އާއި ރާއްޖޭގެ އިތުރުން ސްރީލަންކާ އަދި އިންޑޮނޭޝިއާ އަށް ވެސް ވަޑައިގަންނަވަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް