ads
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ--
އިންޑޯ ޕެސިފިކް މިނިވަންކޮށް ބާއްވަން އެމެރިކާ އާއެކު މަސައްކަތް ކުރަނީ
މިނިވަން އަދި ހުޅުވާލެވިފައިވާ "ފްރީ އެންޑް އޯޕަން" އިންޑޯ ޕެސިފިކް ސަރަހައްދެއް ދެމެހެއްޓުމަށް ރާއްޖެ އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައްކޮށްފައި ވަނީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއޯ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ބޭއްވި ރަސްމީ މަޝްވަރާތަކުގަ އެވެ. 

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޕޮމްޕިއޯއާ ދެ ބޭފުޅުން ޝެރަޓަން މޯލްޑިވްސް ރިސޯޓުގައި ބޭއްވި މަޝްވަރާތަކުގައި ނިންމެވީ އިންޑޯ ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ދެ ގައުމުން ގުޅިގެން ކުރިއަށް ދިޔުމަށެވެ. 

އޭގެ ބޭނުމަކީ ކޮމާޝަލް ނުވަތަ ވިޔަފާރީގެ ހަރަކާތްތަކަށް ސުލްހަވެރި އަދި އަމާން ކަނޑުގެ ސަރަހައްދެއް ދެމެހެއްޓުމެވެ. މެރީޓައިމް ސެކުއިރިޓީގެ އިތުރުން ސައިބަ ސެކިއުރިޓީ އާއި ޓެރަރިޒަމް އަދި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި ވެސް ދެ ގައުމު ގުޅިގެން މަސައްކަތް ކުރަން ވަނީ ނިންމާފަ އެވެ.

ޕޮމްޕިއޯގެ މި ދަތުރަކީ ކޮންމެ އަހަރަކު އިންޑިއާގައި އޮންނަ "ޔޫއެސް-އިންޑިއާ 2+2 މިނިސްޓީރިއަލް ޑަޔަލޮގް" ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް އޮކްޓޯބަރު 25 އިން 31 އަށް އޭޝިއާއަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި އިންޑިއާ އާއި ރާއްޖޭގެ އިތުރުން ސްރީލަންކާ އަދި އިންޑޮނޭޝިއާ އަށް ވެސް ވަޑައިގަންނަވަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް