ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ--
އެމެރިކާގެ މާލީ އަދި އަސްކަރީ އެހީ ރާއްޖެއަށް
ކަނޑުމަތީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް އެހީވުމަށް އެމެރިކާއިން ތައްޔާރަށް އޮތް ކަމަށް ބުނެފި އެވެ.

އެގޮތަށް ހާމަކޮށްފައި ވަނީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއޯ މިހާރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރު ގައެވެ.

މި ދަތުރުގެ ސަބަބުން ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެއަށް ފުރުސަތުތައް ފަހިވެ، ބޭރު ދުނިޔޭގައި ރާއްޖޭގެ ދައުރު ފުޅާ ކުރުމަށް އެހީވާނެ އެވެ. 

އޭގެ އިތުރުން އެމެރިކާއިން އިސްނަގައިގެން އުފައްދާފައިވާ އިންޑޯ ޕެސިފިކް އެލަޔަންސްގެ ރިސޯސްތައް ރާއްޖޭގެ ކަންކަމުގައި ބޭނުން ކުރަން ފަސޭހަ ވާނެ އެވެ.

މިހާރު އެމެރިކާ އަދި ރާއްޖޭގެ ގުޅުން އެންމެ މުހިއްމު ވަނީ މެރިޓައިމް ސެކިއުރިޓީ ކަންކަމާއި، އިގްތިސާދީ ތަރައްގީ އާއި ކާރިސާތަކުގެ އަސަރު ކުޑަކުރުން، ޓެރަރިޒަމް، ވަގު ވިޔަފާރި، ގަވާއިދާ ހިލާފަށް ކުރާ މަސްވެރިން ހުއްޓުވުން އަދި ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތަށެވެ. 

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޕޮމްޕިއޯ މިއަދު ޝެރަޓަން މޯލްޑިވްސްގައި ބޭއްވި ބައްދަލުވުމުގައި އެކަންކަމާ ގުޅޭ މަޝްވަރާތައް ކުރެއްވި އެވެ.

އެމެރިކާގެ "ބެޓާ ޔުޓިލައިޒޭޝަން އޮފް އިންވެސްޓްމަންޓްސް ލީޑިންގް ޓު ޑިވެލޮޕްމަންޓް (ބިލްްޑް)" ގާނޫނުގެ ދަށަށް ރާއްޖެ ވަންނައިރު އޭގެ ދަށުން އިންޑޯ ޕެސިފިކް ގައުމުތަކުގެ ޕްރައިވެޓް ސެކްޓާ ވަރުގަދަ ކުރަން އެމެރިކާއިން މަސައްކަތް ކުރެ އެވެ. 

އޭގެ ސަބަބުން ކޮވިޑާ ގުޅިގެން އައިސްފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަންނަން ރާއްޖެއަށް އިތުރު އެހީތައް ލިބޭނެ އެވެ. އަދި ސަރުކާރުގެ މެނިފެސްޓޯ އާއި ސްޓްރެޓިޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައިވާ ލަނޑުދަނޑިތައް ހާސިލް ކުރަން ފަސޭހަ ވާނެ އެވެ. 

ޕޮމްޕިއޯގެ މި ދަތުރަކީ ކޮންމެ އަހަރަކު އިންޑިއާގައި އޮންނަ "ޔޫއެސް-އިންޑިއާ 2+2 މިނިސްޓީރިއަލް ޑަޔަލޮގް" ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް އޮކްޓޯބަރު 25 އިން 31 އަށް އޭޝިއާއަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި އިންޑިއާ އާއި ރާއްޖޭގެ އިތުރުން ސްރީލަންކާ އަދި އިންޑޮނޭޝިއާ އަށް ވެސް ވަޑައިގަންނަވަ އެވެ. 

56%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް