ads
ފުލުހުންނާއި މުޒާހަރާ ބައިވެރިން--- ފޮޓޯ: ރޮއިޓާސް
ފިލަޑެލްފިއާގައި މުޒާހަރާކޮށްފި
އެމެރިކާގެ ފިލަޑެލްފިއާގެ މަގުތަކުގައި ރޭ އާންމުންގެ ބަޔަކު މުޒާހަރާކޮށްފިއެވެ.

އާންމުންގެ ބަޔަކު ފިލަޑެލްފިޔާގެ މަގުތަކުގައި މުޒާހަރާކޮށްފައިވަނީ އެމެރިކާގެ ފުލުހުން ކަޅު ނަސްލުގެ މީހެއްގެ ގަޔަށް ބަޑިޖަހައި، އޭނާ މަރާލުމުގެ ސަބަބުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ ކަޅު ނަސްލުގެ އެ މީހާއަށް އިންސާފު ހޯދައިދިނުމަށް ގޮޮވާލައި މަގުތަކުގައި މުޒާހަރާކޮށްފަ އެވެ.

ރޭ ކުރިއަށް ދިޔަ މުޒާހަރާ ފެށުނީ ސުލްހަވެރިކޮށް ކަމަށް ވިޔަސް ވަކި ހިސާބަކުން މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދު ކުރިމަތިލުންތައް ވަނީ ހިނގާފަ އެވެ. މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާދިން ކަމަށް ބުނެ، ފުލުހުން ވަނީ ޕެޕާ ސްޕްރޭ އާއި މުގުރުބުރި ބޭނުންކޮށްގެން މުޒާހަރާ ކޮންޓްރޯލްކޮށްފަ އެވެ.

އޭގެ ކުރީ ރޭ ބޭއްވި މުޒާހަރާތަކުގައިވެސް ބައިވެރިންނާއި ފުލުހުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. އެގޮތުން ހޯމަ ދުވަހުގެ ރޭ ހިނގި ކުރިމަތިލުންތަކުގައި 91 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އިރު، 30 ފުލުހަކަށް ވަނީ އަނިޔާވެފަ އެވެ.

ކަޅު ނަސްލުގެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މުޒާހަރާތައް ފެށިފައިވަނީ މި އަހަރުގެ ކުރީކޮޅު އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ރަހުމްކުޑަ ގޮތަކަށް މަރާލުމާއި ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް