ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ--
ރާއްޖެ-އެމެރިކާގެ ރަސްމީ މަޝްވަރާތައް ބާއްވައިފި
ރާއްޖެ އާއި އެމެރިކާއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައިފި އެވެ.

މަޝްވަރާ ކުރިއަށް ގެންގޮސްފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ އާ ދެ ބޭފުޅުން ޝެރަޓަން މޯލްޑިވްސް ރިސޯޓުގައި ބޭއްވި ބައްދަލުވުމުގަ އެވެ.

އެ މަޝްވަރާގައި ނިންމި ކަންކަން ހަވީރު 04:00 ގައި އޮންނަ ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓަށް ފަހު ހާމަ ކުރާނެ އެވެ. 

ރަސްމީ މަޝްވަރާގެ ކުރިން ޕޮމްޕިއޯ ވަނީ ރައީސް އޮފީހަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ. 

އެ ބައްދަލުވުމުގައި ވެސް ވަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އަދި ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވުމަށް ވެސް ވަނީ ނިންމާފަ އެވެ. 

ޕޮމްޕިއޯގެ މި ދަތުރަކީ ކޮންމެ އަހަރަކު އިންޑިއާގައި އޮންނަ "ޔޫއެސް-އިންޑިއާ 2+2 މިނިސްޓީރިއަލް ޑަޔަލޮގް" ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް އޮކްޓޯބަރު 25 އިން 31 އަށް އޭޝިއާއަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި އިންޑިއާ އާއި ރާއްޖޭގެ އިތުރުން ސްރީލަންކާ އަދި އިންޑޮނޭޝިއާ އަށް ވެސް ވަޑައިގަންނަވަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް