ads
ފޭރެން މަސައްކަތް ކުރަނީ--
ސިލޯން ބޭންކް ކައިރިން ފައިސާ ފޭރެން އުޅުނު މައްސަލައިގައި ދެވަނަ މީހަކު ހައްޔަރުކޮށްފި
ބޭންކް އޮފް ސިލޯން ކުރިމަތިން ރޫޓްގެ ފައިސާތައް ފޭރެން އުޅުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިއީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެވަނަ މީހާ އެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އެ މައްސަލައިގައި ރޭ ވަނީ 20 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފަ އެވެ. 

ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް ފޭރެން މަސައްކަތް ކުރީ މި މަހުގެ 25 ވަނަ ދުވަހު ހެނދުނު އެވެ. 

ވީޑިއޯއިން ފެންނަ ގޮތުގައި ރޫޓްގެ ވެހިކަލެއް ބޭންކް ކުރިމަތީގައި މަޑުކުރުމާއެކު ދެ ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ހަތަރު މީހަކު އައިސް ފައިސާތައް ފޭރެން އުޅެ އެވެ. އެއީ ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ ފައިސާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް