ads
މެމްބަރު ހަސަން ލަތީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހަޅައިފި
ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. 

ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހެޅި ބޭނުމެއްގެ ގޮތުގައި ހަސަން ލަތީފް ފާހަގަ ކުރައްވާފައިވަނީ ރާއްޖޭގެ ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށޫ އެރުންތައް ނައްތާލުމާއި، އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމުކުރުމަށެވެ. 

އޭގެއިތުރުން ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްޤީކުރާއިރު އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމާއި، އެފަދަ ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަކުޑަވާނެ އުސޫލެއް ގާއިމު ކުރުމެވެ. 

އަދި ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިހާބުތަކަކީ ދެފުށްފެންނަ، އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހާބުތަކެއްކަމުގައި ހެދުމާއި، ކުޅިވަރާބެހޭ މިނިސްޓަރުގެ މަސްއޫލިޔަތުތަކާއި ބާރުތައް ކަނޑައެޅުމަކީވެސް ބިލުން ހާސިލުކުރަން ބޭނުންވާ މަގްސަދުތައްކަމަށް މެމްބަރު ހަސަން ލަތީފް ފާހަގަކުރައްވާފައިވެ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް