ads
ރަޝްފޯޑް
ޗެމްޕިއަންސް ލީގު: ރަޝްފޯޑުގެ ހެޓްރިކާ އެކު ޔުނައިޓެޑަށް ބޮޑު މޮޅެއް
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ މާކަސް ރަޝްފޯޑް ހެދި ހެޓްރިކާއެކު، ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑުން ބޮޑު މޮޅެއް ހޯދައިފިއެވެ. ޖަރުމަނުގެ އާރްބީ ލައިޕްޒިގު އަތުން މޮޅުވީ ފަސް ލަނޑު ސުން ލަނޑުންނެވެ.

ބުދަ ދުވަހުގެ ރޭގެ ނަތީޖާއާ އެކު ޔުނައިޓެޑު އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެގެން ޓޭބަލްގެ އެއްވަނައިގައެވެ. ޔުނައިޓެޑްވަނީ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ޕީއެސްޖީވެސް ބަލިކޮށްފައެވެ.

ބުދަ ދުވަހުގެ މެޗުގައި ޔުނައިޓެޑަށް ފުރަތަމަ ކުރި ހޯދައިދިނީ ޕޮގްބާގެ ޕާހަކުން މޭސަން ގްރީންވުޑްއެވެ. ފުރަތަމަ ހާފު އެއް ލަނޑު ސުން ލަނޑުން ޔުނައިޓެޑް ކުރީގައި އޮވެ ނިމި ދެވަނަ ހާފުގައި ޔުނައިޓެޑުން ގެނައި ބަދަލުތަކާ އެކު ކުޅުން އިތުރަށް ވަރުގަދަވެގެން ދިޔަ އެވެ.

ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ޖެހީ ރެޝްފޯޑްއެވެ. އެއީ ފެނާންޑޭސްގެ އެސިސްޓަކުންނެވެ. އޭނގެ ފަހުން އަނެއްކާވެސް ރަޝްފޯޑް ލަނޑެއް ޖެހި އެވެ.. ޔުނައިޓެޑުގެ ހަތަރުވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން މާޝިއަލް ޖެހި ލަނޑެކެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރަޝްފޯޑް އަނެއްކާވެސް ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަ ކުރީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް