ads
ޔުވެންޓަސް-ބާސާ މެޗުގެ ތެރެއިން
ޗެމްޕިއަންސް ލީގު: ޔުވެންޓަސް-ބާސާ މެޗުން މޮޅުވީ ބާސާ
ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާއި ބާސާ ވާދަކުރި މެޗު ބާސާއިން ކާމިޔާބުކޮށްފި އެވެ. ޔުވެންޓަސްގެ ދަނޑުގައި، މުހިއްމު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅުނު މި މެޗުން ބާސާ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ.

ބުދަ ދުވަހުގެ ރޭގެ މި މެޗުގައި ރޮނާލްޑޯއަށް ނުކުޅެވުނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައި ހުރުމުންނެވެ. ބުދަ ދުވަހުގެ ރޭގެ މެޗުގައި ބާސާއަށް ފުރަތަމަ ލަނޑު ޖަހައިދިނީ އޮސްމާނޭ ޑެމްބެލޭ އެވެ. ބާސާގެ ދެވަނަ ގޯލަކީ ލިބުނު ޕެނަލްޓީއަކުން މެސީ ޖެހި ގޯލެކެވެ.

ރޭގެ މެޗުގައި ޔުވެންޓަސްގެ އަލްވާރޯ މޮރާޓާގެ ތިން ގޯލު ރެފްރީ ވަނީ އޮފް ސައިޑު ކަމަށް ނިންމާފަ އެވެ.

ބުދަ ދުވަހުގެ ރޭގެ މެޗުތަކާއި އެކު ބާސާ ޔުވެންޓަސް ހިމެނޭ ގްރޫޕުގެ އެއްވަނައިގަ އޮތީ ބާސާ އެވެ. އެއީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ލިބުނު ހަ ޕޮއިންޓާއެކު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް