ads
ރަސްދޫ ސެލްފްސާވިސް ސެންޓަރު-- ފޮޓޯ: ބީއެމްއެލް
އއ. ރަސްދޫގައި ބީއެމްއެލްގެ ސެލްފްސާވިސް ސެންޓަރެއް ހުޅުވައިފި
ބޭންކް އޮފް މޯލްޑިވްސް އިން އއ. ރަސްދޫގައި އެ ބޭންކްގެ ސެލްފް ސާވިސް ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލް އިން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައު އަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން މިއަދު އއ. ރަސްދޫގައި ވަނީ އެ ބޭންކްގެ ސެލްފް ސާވިސް ސެންޓަރެއް ހުޅުވައި، އެ ސެންޓަރުން ހިދުމަތްދޭން ފަށައިފައެވެ. އެ ސެލްފް ސާވިސް ސެންޓަރުގެ ސަބަބުން ކަސްޓަމަރުންނަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފޮނުވުން ފަދަ ހިދުމަތްތައް ލިބޭނެކަމަށް ބޭންކުން ވަނީ ބުނެފައެވެ.

ޒަމާނީ އޭޓީއެމް އަކާއި އެހެނިހެން ވަސީލަތްތަކާއި އެކު ހުޅުވާލާފައިވާ މި ސެންޓަރުގެ ސަބަބުން ރަސްދޫގައި ދިރިއުޅޭ އާންމުންނަށާއި ވިޔަފާރިވެރިންނަށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ފަސޭހަވުމުގެ އިތުރުން ހިދުމަތްތައް ދިނުމުގައި އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ. ރަސްދޫ އަކީ އއ އަތޮޅުގައި ސެލްފް ސާވިސްގެ ހިދުމަތްދޭ ތިންވަނަ ރަށެވެ.

މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބީއެމްއެލްގެ 38 ބްރާންޗާއި، 62 ސެލްފް ސާވިސް ސެންޓަރާއި، 125 އޭޓީއެމް، އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް