ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެމްޑީޕީގެ ވިސްނުމަކީ ކުޅިވަރު މުއައްސަސާތައް ޑިމޮކްރަޓިކްކޮށް ހިންގުން: ނަޝީދު
ކުޅިވަރު މުއައްސަސާތައް ޑިމޮކްރަޓިކްކޮށް، ދެފުށް ފެންނަގޮތަށް ހިންގުމަކީ އެމްޑީޕީގެ ވިސްނުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު، ރައްޔިތުންގެ މަޖިލީހަށް ވެއްދުމާއި ގުޅިގެންނެވެ. މި ބިލު މަޖިލީހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު، އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ. 

މި ބިލަށް ތާއީދުކުރައްވާކަން ހާމަކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ކުޅިވަރު މުއްސަސާތައް ޑިމޮކްރަޓިކް އުސޫލުން، ދެފުށް ފެންނަ އުސޫލެއްގެ ދަށުން ހިންގުމަކީ އެމްޑީޕީގެ ވިސްނުން ކަމަށާއި، ކުޅިވަރާއި ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުން ބޭނުންތެރި ކަމަށެވެ. އަދި ހަސަން ލަތީފް ހުށަހެޅުއްވި ބިލުން މިކަންކަން ހާސިލްވެގެންދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހެޅި ބޭނުމެއްގެ ގޮތުގައި ހަސަން ލަތީފް ފާހަގަ ކުރައްވާފައިވަނީ ރާއްޖޭގެ ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށު އެރުންތައް ނައްތާލުމާއި، އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމުކުރުމަށެވެ.  

އަދި ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިހާބުތަކަކީ ދެފުށްފެންނަ، އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހާބުތަކެއްކަމަށް ހެދުމާއި، ކުޅިވަރާބެހޭ މިނިސްޓަރުގެ މަސްއޫލިޔަތުތަކާއި ބާރުތައް ކަނޑައެޅުމަކީވެސް ބިލުން ހާސިލުކުރަން ބޭނުންވާ މަގްސަދުތައްކަމަށް މެމްބަރު ހަސަން ލަތީފް ފާހަގަކުރައްވާފައިވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް