ads
ޗައިނާ ސަފީރު، ރާއްޖޭގެ ފޮރިން މިނިސްޓަރާއެކު--
ޗައިނާގެ އިންވެސްޓްމަންޓްތަކަކީ ގައުމުތަކަށް އޮތް ނުރައްކަލެއް ނޫން
ޗައިނާގެ އިންވެސްޓްމަންޓްތަކަކީ ގައުމުތަކަށް އޮތް ނުރައްކަލެއް ނޫން އެގައުމުން ބުނެފި އެވެ.

އިއްޔެ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއާ ގުޅިގެން ދެއްކެވި ވާހަކަތަކަށް ރައްދުދެެއްވާ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ވަނީ ބަޔާނެއް ނެރެފަ އެވެ. 

އެ ބަޔާނުގައި ވަނީ ޗައިނާ އިން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކަކީ ނުރައްކަލެއް ނޫން ކަމަށާއި ޗައިނާ އާއި ރާއްޖޭގެ ގުޅުމުގެ ސަބަބުން ދެ ގައުމަށް ވެސް ފައިދާވާ ކަމަށް ބުނެފަ އެވެ.

އެ ދަތުރުގައި ޕޮމްޕެއޯ މަސައްކަތް ކުރެއްވީ ޗައިނާއާ ގުޅިގެން ދޮގު ވާހަކަތައް ދެއްކުމަށް ކަމަށާއި އަދި އަމިއްލަ އެދުމާއެކު އެމެރިކާ އިން އެހެން ގައުމުތަކަށް ނުފޫޒު ފޯރުވުމަކީ އޮތް ނުރައްކަލެއް ކަމަށެވެ. 

ޕޮމްޕެއޯ ވަނީ ޗައިނާއިން ރާއްޖެއާއި އެހެނިހެން ގައުމުތަކުގެ އިގްތުސޯދާށް ގެއްލުން ދެމުންދާކަމުގެ ތުހުމަތުތައް ކުރައްވާފަ އެވެ.

އެ މައްސަލައިގައި ޗައިނާ އިން އެފަދަ ބަޔާނެއް ނެރުނުއިރު މީގެ ކުރިން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޗައިނާގެ ދަރަނިތަކުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

އެކަމަކު ޗައިނާގެ ދަރަނީގެ ދަންތުރަ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކައަކީ ހިޔާލީ ވާހަކައެއް ކަމަށާއި، އެކަން ބޭނުންކުރަނީ ސިޔާސީ ގޮތުން ގެންގުޅޭ ހަތިޔާރެއްގެ ގޮތުގައި ދެ ގައުމުގެ ގުޅުން ހީނަރުކުރުމަށް ކަމަށްވެސް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް