ads
ފޮޓޯ: ފެނަކަ
އީއައިއޭ ނުހަދާ މަސައްކަތް ފެށުމުން ފެނަކައަށް ބޮޑު ޖޫރިމަނާއެއް
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަނެއްކާ ވެސް ފެނަކަ ކޯޕަރޭޝަން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭގެ އެންގުމާއި ހިލާފުވެގެން މީގެ ކުރިން ވެސް ފެނަކަ، ޖޫރިމަނާކޮށްފައިވެ އެވެ. އީޕީއޭ އިން މިއަދު ބުނީ ފެނަކަ ޖޫރިމަނާކުރީ ގދ. ނަޑެއްލާ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތުގައި އީޕީއޭ އިން ނަގަންޖެހޭ ހުއްދަތައް ނުނަގާއި އެ މަސައްކަތް ފަށާފައިވާތީ ކަމަށެވެ. 

އެގޮތުން މިފަހަރު ޖޫރިމަނާކުރީ 263،000 ރުފިޔާ އިންނެވެ. އަދި އެ ފައިސާ މަސް ދުވަހުން ދެއްކުމަށް ވެސް އެކުންފުންޏަށް ވަނީ އަންގާފަ އެވެ.

މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ވަނީ އެ ކުންފުނި ޖޫރިމަނާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް