ads
ނިއާ ޝަރްމާ
ނިއާގެ އަތްދަބަސް ވަގަށް ނަގައިގެން ފުލުހުންގެ އެހީއަށް އެދިއްޖެ
ނާގިން ހަތަރެއްގެ ތަރި، ނިއާ ޝަރްމާގެ އަތް ދަބަސް ވަގަށް ނަގައިގެން މުމްބާއީ ފުލުހުންގެ އެހީއަށް އެދިއްޖެ އެވެ.

އެކަމެއް ދިމާވީ ބުދަ ދުވަހު ކަމަށް ވެ އެވެ. އެގޮތުން އަތް ދަބަސް ވަގަށް ނަގާފައި ވަނީ މުމްބާއީގެ ސަރަހައްދެއްގައި ކާރު އޮއްވާ ކަމަށް ބުނެ އެވެ.

ޓްވީޓާ މެދުވެރިކޮށް އެކަން ހިއްސާކޮށް މުމްބާއީ ފުލުހުން ޓެގްކޮށް ކުރި ޓްވީޓެއްގައި ނިއާ ވަނީ އޭނާގެ ދަބަސް ވަގަށް ނަގާފައިވާ ކަމަށާއި އެ ވަގަށް ނެގި ސަރަހައްދު ބަޔާންކޮށް ފުލުހުންގެ އެހީތެރިއަކަށް އެދިފަ އެވެ. އެ ޓްވީޓާއެކު ދަބަހުގެ ފޮޓޯއެއް ވެސް ހިއްސާކުރި އެވެ. 

އަދި މާގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ އޭނާއަށް ގުޅާނެ ކަމަށް ބުނެފަ އެވެ. އެކަމަކު މިހާރު އެކަމަށް އެއް ދުވަސް ފާއިތުވެފައިވީނަމަވެސް ދަބަސް ފެނިފައިވާކަން އަދި ހާމަކޮށްފައެއް ނުވެ އެވެ. 

އިންޑިއާގެ ކާމިޔާބު ޓީވީ ތަރިންގެ ލިސްޓުގެ ކުރިން ޖާގަ ހޯދާފައިވާ ނިއާ ވަނީ ބައެއް ރިއަލިޓީ ޝޯތަކުގައި ވެސް ބައިވެރިވެފަ އެވެ. އޭނާ އެންމެ ބޮޑަށް މަގްބޫލުވީ ސްޓާ ޕްލަސް އިން ދެއްކި، އޭކް ހަޒާރޮން މެއިން މޭރީ ބެހެނާ ހޭގައި މާންވީގެ ރޯލުން ފެނުން ފަހުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް