ads
އިދިކޮޅު ފަރާތްތަކުން ބޭއްވި ސައިކަލް ބުރު
ފްރާންސްއާ ދެކޮޅަށް ކުރާކަންކަމަށް އެއްބާރުލުން ދޭނަން: އިދިކޮޅު
އިސްލާމް ދީނާއި ދެކޮޅަށް ފްރާންސްއިން ހިންގަމުން ގެންދާ ޢަމަލުތަކާއި ދެކޮޅު ހެދުމުގެ ގޮތުން ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ފުރިހަމައަށް ބައިވެރިވެ އެއްބާރުލުން ދޭނެކަމަށް އިދިިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅުން ގޮތަށް ބުނެފައި ވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫން ކުރަހާ އިސްލާމް ދީނާއި
ދެކޮޅަށް ފްރާންސުން ހިންގަމުން ގެންދާ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނީ ފްރާންސްގެ މަޖައްލާއަކުން، ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫން ކުރަހާ ޝާއިއުކޮށް އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އެފަދަ އަމަލުތައް ހިންގަމުން ގެންދާއިރު އެކަމަށް އެގައުމުގެ ސަރުކާރުން އަދި ވަކިން ހާއްސަކޮށް ފްރާންސްގެ ރައީސް ތާއީދު ކުރެއްވުމަކީ މިކަމަށް ހިތްވަރުދީ އިތުރަށް ހާލަތު ގޯސްކުރުމަށް މަސައްކަތް ކުރުންކަމަށް އިދިކޮޅުން ގަބޫލުކުރާ ކަމަށެވެ. 

އެހެންކަމުން އެގައުމުން މުސްލިމް އުންމަތާއި ދެކޮޅަށް ހިންގަމުން ގެންދާ އަމަލުތަކާއި ދެކޮޅަށް ތެދުވެ ބަސް ބުނުމަށް ދިވެހި ސަރުކާރަށް އިދިކޮޅުން ގޮވާލާފައިވާއިރު ބަޔާނުގައި ބުނީ އެ ފަދަ އަމަލުތައް ހިންގަމުން ގެންދާ ޖަމިއްޔާތައް ރާއްޖެގައިވެސް އިތުރުވަމުންދާތީ ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ރާއްޖޭގައި ހިންގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށް ވަނީ ގޮވާލަފަ އެވެ. 

އޭގެ އިތުރުން ބަޔާނުގައި ބުނީ ފްރާންސުން ހިންގަމުން ގެންދާ އަމަލުތަކާއި ދެކޮޅަށް ދިވެހި
ސަރުކާރުން ވެސް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ. 

އިދިކޮޅުން އެގޮތަށް ބަޔާން ނެރުނުއިރު މީގެ ކުރިން ދިވެހި ސަރުކާރުގެ ފަރާތުން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އެގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އިސްލާމް ދީނާއި މުސްލިމުންގެ ރަސޫލާ ކުޑައިމީސްކޮށް، ބޭއަދަބީކޮށް ދެކެވޭ ވާހަކަތައް އަދި ލިޔުންތައް އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ލިބޭ ހައްގެއް ކަމަށް ދިވެހިރާއްޖެއިން ނުދެކޭ ކަމަށެވެ. 

ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ރާއްޖެއިން އިހްތިރާމް ކުރި ނަމަވެސް އެ މިނިވަންކަމުގެ ނަމުގައި ހައްދުފަހަނައެޅުން ބަލައިނުގަނެވޭނެ ކަމަށް ވެސް ރާއްޖެއިން ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް