ads
އީސީ--
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި 46 ކެނޑިޑޭޓުން ނަން ނަގައިފި
މިއަހަރުގެ އޭޕްރީލްމަހު ބާއްވަން ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި 46 ކެނޑިޑޭޓުން، ނަން އަނބުރާ ނަގައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ވަކި މުއްދަތެއް ނެތްގޮތަށް އިންތިހާބު ފަސްކޮށްފައި ވާއިރު، މިހާތަނަށް އެންމެ ގިނައިން ކެނޑިޑެންސީ ނަގާފައިވަނީ އަމިއްލަގޮތުން ވާދަކުރުމަށް ކުރިމަތިލި ކެންޑިޑޭޓުންނެވެ. އެގޮތުން އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި 20 ކެންޑިޑޭޓަކު ވަނީ މިހާތަނަށް ނަން އަނބުރާ ގެންގޮސްފައެވެ. 

ސިޔާސީ ޕާޓީތަކުން ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނައިން ކެންޑިޑެންސީ އަނބުރާ ގެންގޮސްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. އެމްޑީޕީން 876 ކެންޑިޑޭޓުން ކުރިމަތިލީރު މިހާތަނަށް 15 ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ނަފާގައެވެ. 

އިދިކޮޅު މައި ޕާޓީ ޕީޕީއެމްއިން 600 އަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލީރު، މިހާތަނަށް 6 ކެންޑިޑޭޓުން ވަނީ ނަން ނަގާފައެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން 5 ކެނޑީޑޭޓުން ވަނީ ނަން ނަގާފައެވެ. 

މި އަދަދުތަކާއިއެކު އިންތިހާބުގައި ވާދަކުރަން މިހާރު ކުރިމަތިލާފައި ތިބީ 2،388 ކެންޑިޑޭޓުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ކޮމިޓީތަކަށް ކުރިމަތިލީ 1،817 ކެނޑިޑޭޓުންގެ ތެރެއިން 25 ފަރާތަކުން ވަނީ ކެނޑިޑެންސީ އަނބުރާ ގެންގޮސްފައެވެ. އެއީ އަމިއްލަގޮތުން ވާދަކުރާ 5 ކެނޑިޑޭޓަކާއި، ޕީޕީއެމްގެ 2 ކެނޑިޑޭޓަކާއި، އެމްޑީޕީން ކުރިމަތިލި 18 ކެނޑިޑޭޓެކެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހެމަޖެހިފައި އޮތީ މިއަހަރުގެ އޭޕްރީލް މަހުގެ 4ވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އިންތިހާބު ފަސްކޮށް، ގާނޫނަށްވެސް ވަނީ އިސްލާހު ގެނެސްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް