ads
ރާއްޖޭގެ ރަށެއްގައި ހަދާފައިވާ ކުޑަކުދިންގެ ޕާކެއް--
އިންޑިއާގެ އެހީގައި އިތުރު 11 ރަށެއްގައި ޕާކު އަޅަނީ
އިންޑިއާ ސަރުކާރުގެ އެހީގައި އިތުރު 11 ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމަށް ނިންމާފައިވާކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގައި ކ. އަތޮޅުގެ އެއް ރަށެއްގައި އަދި އއ. އަތޮޅުގެ އެއް ރަށަކާއި އދ. އަތޮޅުގެ ހަތަރު ރަށެއްގެ އިތުރުން ވ. އަތޮޅުގެ ދެ ރަށަކާއި މ. އަތޮޅުގެ ތިން ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. 

 

އެގޮތުން ކ. އަތޮޅުން ފާކް އެޅުމަށް ހަމަޖައްސާފައިވަނީ ކ. މާފުށީގައެވެ، އަދި އއ. އަތޮޅުން ޕާކު އެޅުމަށް ނިންމާފައިވަނީ އެއަތޮޅުފެރިދޫގައެވެ. 

އަދި އދ. އަތޮޅުން ފާކް އެޅުމަށް ހަމަޖައްސާފައިވަނީ  އދ. މަހިބަދޫ، އދ. ހަންޏާމީދޫ، އދ. ދިއްދޫ، އދ. މަންދޫ އަދި އދ. މަންދޫގައެވެ. ވ. އަތޮޅުން ފާކް އެޅުމަށް ހަމަޖައްސާފައިވަނީ ވ. ފުލިދޫ އާއި ވ. ކެޔޮދޫގައެވެ. އޭގެ އިތުރުން މ. އަތޮޅުން އެ އަތޮޅު މުލި އާއި މުލައް އަދި ކޮޅުފުށީ ގައިވަނީ ޕާކު އެޅުމަށް ނިންމާފައެވެ. 

އޭގެއިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި 10 ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމަށް ނިންމާފައިވާކަމަށް މިމަހުގެ 24 ވަނަ ދުވަހުވެސް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ވިދާޅުވެފައެވެ. އެއީ ށ. އަތޮޅުގެ ހަ ރަށަކާއި، ނ. އަތޮޅުގެ ތިން ރަށަކާއި ހދ. އަތޮޅުގެ އެއް ރަށެއްގައެވެ.

އެހެންކަމުން މިހާތަނަށް 21 ރަށެއްގައި ކުޑަކުދިންގެ ޕާކުއެޅުމުގެ މަޝްރޫއުތައް ހިންގުމަށް ޔޫތް މިނިސްޓްރީ ނިންމާފައިވެއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި 21 ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު މަހްލޫފް ބުނެފައިވާއިރު، 67 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ޔޫތް މިނިސްޓްރީގެ ފަރާތުން ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކުރީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް