ads
ވެން ޑައިކް
ވެން ޑައިކްގެ ކަކޫ އޮޕަރޭޝަންކޮށްފި
ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކްގެ ކަކޫ އޮޕަރޭޝަން ކޮށްފި އެވެ. ލިވަޕޫލުން ބުނި ގޮތުގައި މި އޮޕަރޭޝަން ކާމިޔާބެވެ.

ވެން ޑައިކަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި މި މަހުގެ ސަތާރަވަނަ ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ އަނިޔާއާ ގުޅިގެން މިހާރު އޮޕަރޭޝަންކޮށްފައިވާ ވެން ޑައިކަށް މި ސީޒަނުގެ ބާކީ ބައި ކުޅެވޭނެ ކަމަކަށް ނުބެލެވެއެވެ.

ވެން ޑައިކްގެ އޮޕަރޭޝަން ކާމިޔާބު ނަމަވެސް އޭނާއަށް އަލުން އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ އިރެއް ނޭނގެއެވެ. ރިޕޯޓްތައް ބުނާގޮތުގައި އެންމެ އަވަސް ވެގެން ވެން ޑައިކަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު މެދު ތެރޭއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް